
ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑް ވާދަކުރި މެޗުގެ ތެރެއިން..
އަމިއްލަ ދަނޑުގައި އެތްލެޓިކޯ މެޑްރިޑް އަތުން ބާސެލޯނާ ބަލިވެއްޖެ

ހަސަން ޝަމްއޫން - 09 އޭޕްރީލު 2026 - 09:03
ޔުއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި އެތްލެޓިކޯ މެޑްރިޑާއި ވާދަކޮށް 2-0 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިވެއްޖެއެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުން ބާސެލޯނާ ޖާގަހޯދީ ރައުންޑް އޮފް 16 ގައި ޕްރެމިއާ ލީގުގެ ނިއުކާސަލް ޔުނައިޓެޑް 8-3 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި އެތްލެޓިކޯ މެޑްރިޑް ކުއާޓާ ފައިނަލުން ޖާގަހޯދީ ރައުންޑް އޮފް 16 ގައި ޕްރެމިއާ ލީގުގެ ޓޮޓެންހަމް 7-5 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.
މެޗުގެ ފުރަތަމަ ހާފު ބާސެލޯނާ އިން ވަރުގަދަކޮށް ފެށިއިރު، މިހާފުގައި އެޓީމުން. ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުންނުކުރެވިދިޔައިރު، ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު ފައު ކުބާސީއަށް ދެއްކި ރަތްކާޑާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ. އަދި ޖެހިގެން އައި މިނެޓުގައި އެޓްލެޓިކޯ މެޑްރިޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.
މިލަނޑު އެޓީމަށް ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވާޑް ހޫލިއަން އަލްވަރޭޒް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅެ ބާސެލޯނާ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މެޗުގެ 70 ވަނަ މިނެޓުގައި އެތްލެޓިކޯ މެޑްރިޑުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެލެގްޒެންޑަރ ސްލޯތް އެވެ. އަދި މިއީ މިހާފުގައި އެޓީމުން ބާސެލޯނާގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާއެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް ކުރީގައި އޮވެެގެންނެވެ. އަދި މިދެޓީމުގެ މެދުގައި ކުޅެ ދެވަނަ ލެގުގެ މެޗު އެތްލެޓިކޯގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ރޭ އެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ރަށުން ބޭރުގައި ޕީއެސްޖީ އަތުން ބަލިވެ ލިވަޕޫލަށް ސެމީގެ ފުރުސަތު ހަނިވެއްޖެ
11 ގަޑިއިރު ކުރިން

ސްޕޯޓިންގ އަތުން ރަށުން ބޭރުގައި އާސެނަލްއަށް ތާރީޚީ މޮޅެއް
ދުވަހެއް ކުރިން

14 އަހަރަށްފަހު ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ބަޔާން މިޔުނިކް އަތުން ރެއާލް މެޑްރިޑް ބަލިވެއްޖެ
2 ދުވަސް ކުރިން

އިޓަލީގެ ގައުމީ ޓީމާއި ހަވާލުވުމުގެ ޝައުގުވެރިކަމެއް ނެތް!
2 ދުވަސް ކުރިން


.gif&w=3840&q=75)