.jpg&w=3840&q=75)
ލިވަޕޫލާއި ޕީއެސްޖީ ވާދަކުރި މެޗުގެ ތެރެއިން
ރަށުން ބޭރުގައި ޕީއެސްޖީ އަތުން ބަލިވެ ލިވަޕޫލަށް ސެމީގެ ފުރުސަތު ހަނިވެއްޖެ

ހަސަން ޝަމްއޫން - 09 އޭޕްރީލު 2026 - 09:15
ޔުއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ރަށުން ބޭރުގައި އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އާއި ވާދަކޮށް 2-0 ގެ ނަތީޖާއަކުން ބަލިވެ ލިވަޕޫލަށް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދުމުގެ ފުރުސަތު ހަނިވެއްޖެ އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުން ޕީއެސްޖީ އިން ޖާގަހޯދީ ރައުންޑް އޮފް 16 ގައި ޕްރެމިއާ ލީގުގެ ޗެލްސީ 8-2 ގެ ތަފާތުބޮޑު އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި ލިވަޕޫލް ކުއާޓާ ފައިނަލުން ޖާގަހޯދީ ރައުންޑް އޮފް 16 ގައި ތުރުކީގެ ގަލަތަސަރާއީ 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ޕީއެސްޖީ އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ޑިޒެއާ ޑޫއޭ އެވެ. މީގެ އިތުރުން ވެސް މިހާފުގައި އެޓީމުން ލިވަޕޫލްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް މިހާފުގައި ޕީއެސްޖީގެ ގޯލާއި އަމާޒުކޮށް ލިވަޕޫލަށް އެންމެ ހަމަލާއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.
މެޗުގެ ދެވަނަ ހާފުގައި ޕީއެސްޖީ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މެޗުގެ 65 ވަނަ މިނެޓުގައި އެޓީމުގެ ލީޑު ފުޅަކޮށްދިނީ އެޓީމުގެ ޖޯޖިއާ ފޯވާޑް ޚަވިޗާ ކަވަރަޓްސްޚޭލިއާ އެވެ. މިއީ އެޓީމުގެ ޕޯޗުގަލް މިޑްފިލްޑަރު ޖޮއާއު ނެވޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ޕީއެސްޖީގެ އުސްމާން ޑެމްބެލޭގެ އިތުރުން އަޗްރަފް ހަކީމީ އަދި ނޫނޯ މެންޑޭސްއަށް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުންކުރެވޭގޮތް ނުވެފައެވެ. އަދި މުޅި މެޗުގައި ވެސް ލިވަޕޫލަށް ޕީއެސްޖީގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައިނުވާއިރު، މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ. އަދި މިދެޓީމުގެ މެދުގައި ކުޅޭ ދެވަނަ ލެގުގެ މެޗު ލިވަޕޫލްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ރޭ އެވެ.
ގުޅުން ހުރި ޙަބަރުތައް

އަމިއްލަ ދަނޑުގައި އެތްލެޓިކޯ މެޑްރިޑް އަތުން ބާސެލޯނާ ބަލިވެއްޖެ
11 ގަޑިއިރު ކުރިން

ސްޕޯޓިންގ އަތުން ރަށުން ބޭރުގައި އާސެނަލްއަށް ތާރީޚީ މޮޅެއް
ދުވަހެއް ކުރިން

14 އަހަރަށްފަހު ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ބަޔާން މިޔުނިކް އަތުން ރެއާލް މެޑްރިޑް ބަލިވެއްޖެ
2 ދުވަސް ކުރިން

އިޓަލީގެ ގައުމީ ޓީމާއި ހަވާލުވުމުގެ ޝައުގުވެރިކަމެއް ނެތް!
2 ދުވަސް ކުރިން


.gif&w=3840&q=75)