
ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން / ފޮޓޯ: ރައީސް އޮފީސް
ސަރުކާރުގެ ޓެކްސީ ލައިންގެ ނަމްބަރަކީ 1655

މުޙައްމަދު ފަޟްލޫން - 23 މާރިޗު 2026 - 15:11
ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިންއަށް ގުޅޭނެ ނަމްބަރު ތައާރަފްކޮށްފިއެވެ.
ޓެކްސީ ލައިނުގެ ހިދުމަތް ދެނީ އެޕްލިކޭޝަނަކުން ޓެކްސީ އަށް އެދޭ ގޮތަށެވެ.
24 ގަޑިއިރު ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ލިބޭނެ ކަމަށް އެ ހިދުމަތް ދިނުމަށް ހަވާލްކުރި ކުންފުނި އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
ސަރުކާރުގެ ޓެކްސީ ލައިނަށް ގުޅޭނެ ނަމްބަރެއްގެ ގޮތުގައި 1655 އެސްޓީއޯ އިން މިއަދު ވަނީ ހަމަޖައްސާފައެވެ.
ޓެކްސީ ލައިނުގެ ހިދުމަތް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ފަށާނެ ކަމަށް ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ކުރިން ވިދާޅުވިޔަސް އެ ހިދުމަތް ފެށުން ވަނީ ލަސްވެފަ އެވެ.
އެމްޓީސިސީން މިހާރު ގެންދަނީ ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އެމްޓީސީސީން ކުރިން ބުނީ 407 ޑްރައިވަރުން އެ ހިދުމަތަށް ބޭނުންވާ ކަމަށާއި އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ ޕާޓްޓައިމްކޮށް މަސައްކަތްކުރާ ގޮތަށް ކަމަށެވެ.
ރައީސް އޮފީހުގައި މި މަހުގެ ކުރީކޮޅު ބޭއްވި ނިއުސް ކޮންފަރެންސްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ރޯދަ މަސް ނިމެންވާއިރަށް ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަމީން ވިދާޅުވެފައި ވަނީ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ތިން މޮޑެލްއެއްގެ ކާރު، ދެ ބެޗަކަށް ބަހާލައިގެން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ފުރަތަމަ ބެޗު ގެންނަނީ ތައިލެންޑުން ކަމަށާއި އެ ގައުމުން އެ މޮޑެލްގެ 60 ކާރު ގެންނާނެ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.
ބާކީ ދެ މޮޑެލްގެ ކާރުތައް ގެންނަނީ ޗައިނާ އިންނެވެ.
ޓެކްސީގެ ހިދުމަތަށް 1،500 އެއްހާ ކާރު ރަޖިސްޓްރީ ކޮށްފައި އޮންނައިރު ބައެއް ޓެކްސީ ޑްރައިވަރުން އެ މީހަކު ބޭނުން ވަގުތެއްގައި ހިދުމަތް ދިނުމުގެ މައްސަލަ ބޮޑުވެ، އާންމުންގެ ޝަކުވާ އިތުރުވުމުން ސަރުކާރުން ޓެކްސީ ލައިންގެ ހިދުމަތް ދޭން ނިންމިއެވެ.
ސަރުކާރުގެ ޓެކްސީ ލައިންގައި ބޭނުންކުރާނީ ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް ޓެކްސީ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

އަސްލު ޓީވީން ގެނެސްދިން ރަމަޝާން 30 ގެ ނަސީބުވެރިން ހޮވައިފި
ސިކުންތުކޮޅެއް ކުރިން

އުސްފަސްގަނޑުގައި ތަރައްގީކުރާ ސްކޭޓްޕާކް އަންނަ މަހު ހުޅުވާލަނީ
21 މިނިޓު ކުރިން

މާލޭގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ޒުވާނަކު ހައްޔަރުކޮށްފި
ގަޑިއިރެއް ކުރިން

މިހާރު 10 ކިލޯގެ ގޭސްފުޅި ލިބޭނެ: އެސްޓީއޯ
4 ގަޑިއިރު ކުރިން


.gif&w=3840&q=75)