logo

އަސްލު ޓީވީން ގެނެސްދިން ރަމަޝާން 30 ގެ ނަސީބުވެރިން ހޮވައިފި

profile

ރިޟްވާން މޫސާ - 23 މާރިޗު 2026 - 19:09

އަސްލު ޓީވީން ގެނެސްދިން ރަމަޝާން 30 ގެ ނަސީބުވެރިން ހޮވައިފި އެވެ.

https://wamco.com.mv/

ރަމަޝާން 30 ދީނީ ސުވާލު މުބާރާތަކީ އަސްލު ޓީވީން ރަމަޝާން މަހަށް ހާއްސަކޮށްގެން ދީނީ ސުވާލު ތަކަކާއެކު ގެނެސްދިން ހާއްސަ މުބާރާތެކެވެ.

މި މުބާރާތުގައި ވަރަށް ގިނަ ދީނީ ސުވާލު ތަކާއި ދީނީ މައުލޫމާތުތައް ހިމެނިފައިވާނެ އެވެ.

އަސްލު ޓީވީން ކޮންމެ ރަމަޝާން މަހަކަށްވެސް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި މުބާރަތަކީ ބެލުންތެރިންގެ މެދުގައި ވަރަށްބޮޑު ތަރުހީބެއް ލިބެމުން އަންނަ ޕްރޮގްރާމެއްކަން ފާހަގަކޮށްލެވެ އެވެ.

މި ފަހަރުގެ ނަސީބުވެރި ފަރާތަކަށް ހޮވިފައި ވަނީ އައްޑޫ ސިޓީ ފޭދޫ މައިޔަމް ފާއިޒާ އެވެ.

މަރިޔަމް ފާއިޒާ ވަނީ މި މުބާރާތުގައި ވަރަށް ގިނަ ސުވާލުތަކުގެ ރަގަޅު ޖަވާބު ދިމާކުރައްވާފަ އެވެ.

ރަމަޝާން ތިރީހުގެ ނަސީބުވެރި ފަރާތަކަށް އިނާމެއްގެ ގޮތުގައި އަސްލު ޓީވީން ވަނީ 10000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ ރަށްޔިތުންގެ މެދުގައި ދީނަށް ލޯބި ޖެއްސުމާއި، ދީނީ މައުލޫމާތު މުއްސަނދިކޮށްދިނުމެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk