logo

އީދު ހަދިޔާ ނަސީބުވެރިޔާ ހޮވައިފި

profile

މުޙައްމަދު ފަޟްލޫން - 23 މާރިޗު 2026 - 19:13

އަސްލު ޓީވީގެ އީދު ހަދިޔާ ނަސީބުވެރިޔާ ހޮވައިފިއެވެ.

https://wamco.com.mv/

އީދު ހަދިޔާ އަކީ މިއަހަރުގެ ފިތުރު އީދު ދުވަހު އަސްލުޓީވީ އިން ގެނެސްދިން ސުވާލުގެ ޖަވާބު ދިމާކުރި ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެން ހޮވުނު ފަރާތަށް ދިން އިނާމެކެވެ.

އީދު ހަދިޔާގެ ގޮތުގައި ތިން އިނާމެއް ކަނޑައަޅާފައިވެއެވެ.

އިނާމްތަކުގެ ތެރޭގައި 7 ކިލޯގެ ދޮންނަ މެޝިނަކާއި ކޮފީ މޭކަރ އެއްގެ އިތުރުން ވެކިއުމް ކްލީނަރ އެއް ހިމެނެއެވެ.

އީދު ހަދިޔާގެ ސުވާލު ހުޅުވާލީ މި މަހުގެ 20 ވަނަ ދުވަހުން 22 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން މާޗް މަހުގެ 20، 21 ، އަދި 22 ވަނަ ދުވަހުގެ ހަވީރު 5.45 ގެ ނިޔަލަށް ބެލުންތެރިންނަށް ޖަވާބު ދިނުމަށް ފުރުސަތު ހުޅުވާލިއެވެ.

އީދު ހަދިޔާގެ ގޮތުގައި އަސްލު ޓީވީ އިން ހުށަހެޅި ސުވާލަށް ރަނގަޅު ޖަވާބު ދިން ހުރިހާ ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތުގައި ނަސީބުވެރި ފަރާތުގެ ނަމްބަރު ވަނީ އިއުލާންކޮށްފައެވެ.

ކޮންމެ އަހަރެއްގެ ފިތުރު އީދާއި އަޟްހާ އީދުގައިވެސް އަސްލުޓީވީ އިން އީދު ހަދިޔާ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk