logo
ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު އަބްދުﷲ ރާފިއު  / ފޮޓޯ: ރައީސް އޮފީސް

ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު އަބްދުﷲ ރާފިއު / ފޮޓޯ: ރައީސް އޮފީސް

އުސްފަސްގަނޑުގައި ތަރައްގީކުރާ ސްކޭޓްޕާކް އަންނަ މަހު ހުޅުވާލަނީ

profile

މުޙައްމަދު ފަޟްލޫން - 23 މާރިޗު 2026 - 18:49

މިސަރުކާރުން ސްކޭޓްކުރާ ކުދިންނަށް ހާއްސަކޮށްގެން އުސްފަސްގަނޑު ސަރަހައްދުގައި ހަދަމުންދާ ސްކޭޓްޕާކް އަންނަ މަހު ހުޅުވޭނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އަސްލުޓީވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ސްކޭޓްޕާކްގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

މާލޭގައި ސްކޭޓްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ޕާކެއް ތަރައްގީކުރުމުގެ މަސައްކަތް ފެށިގެންދިޔައީ ހުސްވި އަހަރުގެ ތެރޭގައެވެ.

ރިޔާސީ ބަޔާނުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވި ފަދައިން ސްކޭޓްޕާކްގެ މަސައްކަތް މިމަސް ނިމެންވާއިރަށް ނިންމައި އެތަން އަންނަ މަހު ބޭނުންކުރެވޭވަރު ވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސްކޭޓް ޕާކްގައި ރޯލަރ ސްކޭޓް ރިންގަކާއި ސްކޭޓް ޕާކެއް ތަރައްގީ ކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެދެތަންވެސް ވަރަށް ފުރިހަމަކޮށް ނިންމާލައި އެކަން ހާސިލްކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސްކޭޓްޕާކްގެ އިތުރުން މިއަހަރުގެ ތެރޭގައި ބޮޑެތި މަޝްރޫއުތަކެއް މާލެ ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުންތަކުގައި ރައީސް ޑރ މުއިއްޒު އިއުލާންކުރައްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުގައި 3 ސްޕޯޓްސް ކޮމްޕްލެކްސް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަހަރުގެ ތެރޭގައި ކުރިއަށް ފެށުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރޭގައި 12 ހާސް މީހުންގެ ޖާގައިގެ މަލްޓި ސްޕޯޓްސް އިންޑޯ ކޮމްޕްލެކްސް އެއް ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ އިތުރުން ވިލިމާލޭގައި ގާއިމްކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk