
މާލޭގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ޒުވާނަކު ހައްޔަރުކޮށްފި

މުޙައްމަދު ފަޟްލޫން - 23 މާރިޗު 2026 - 18:02
މާޗް މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ގ ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ ކޯޓް އަމުރެއްގެ ދަށުން މާޗް 22 ވަނަ ދުވަހުގެރޭ ސަބުނަމްހައުސް ލ މާބައިދޫ އަށް އުފަން އުމުރުން 29 އަހަރުގެ ހުސައިން ޝަހްބާން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ޝަހްބާންގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އޭނާ 5 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.






.gif&w=3840&q=75)