
މިހާރު 10 ކިލޯގެ ގޭސްފުޅި ލިބޭނެ: އެސްޓީއޯ

މުޙައްމަދު ފަޟްލޫން - 23 މާރިޗު 2026 - 15:11
10 ކިލޯގެ ގޭސްފުޅި މިހާރު ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވްސް ގޭސް އިން ވިއްކަމުންދިޔަ 10 ކިލޯގެ ގޭސް ފުޅި ލިބުން ދަތިވެ އެސްޓީއޯ އިން ދިޔައީ 7 ކިލޯގެ ގޭސް ޑިސްކައުންޓް ރޭޓްގައި ކަސްޓަމަރުންނަށް ވިއްކަމުންނެވެ.
ގޭސް ލިބުމުގައި ދަތިތަކެއް ދިމާވެފައި ވަނީ ދުނިޔޭގެ ބާޒާރާއި ސަރަހައްދީ ބާޒާރުގައި ކައްކާ ގޭހުގެ ސަޕްލައިއަށް އައި ލޮޅުންތަކާއެކުއެވެ.
ގޭސް ލިބުމުގެ ދަތިކަން މިދިޔަ މަހުގައި ވެސް ރާއްޖެއަށް ކުރިމަތިވިއެވެ.
އެސްޓީއޯއިން ވަނީ އެ މައްސަލަ ހައްލުކޮށްފައެވެ.
އެސްޓީއޯ އިން ބުނީ ގޭހުގެ އައު ޝިޕްމެންޓް މިހާރު ލިބިފައިވާ ކަމަށެވެ.
މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން އެސްޓީއޯ މެދުވެރިކޮށް ގޭހާއި ތެލާއި ކާޑުގެ ބާވަތްތައް ހުސްވުމެއް ނެތި ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސަމުން ގެންދާ ކަމަށް އިގްތިސާދީ ތަރައްގީ އާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

އުސްފަސްގަނޑުގައި ތަރައްގީކުރާ ސްކޭޓްޕާކް އަންނަ މަހު ހުޅުވާލަނީ
17 މިނިޓު ކުރިން

މާލޭގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ޒުވާނަކު ހައްޔަރުކޮށްފި
ގަޑިއިރެއް ކުރިން

ސަރުކާރުގެ ޓެކްސީ ލައިންގެ ނަމްބަރަކީ 1655
4 ގަޑިއިރު ކުރިން

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ތަރުހީބު ނުލިބުމުން މުއްދަތު އިތުރުކޮށްފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)