logo

ޒަކާތު ފަންޑުން ކެންސަރު ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް ބޮޑު އެހީއެއް ފޯރުކޮށްދީފި

profile

އާމިނަތު ޝަފާ - 12 ޖުލައި 2024 - 22:37

އޭޑީކޭ ހޮސްޕިޓަލްކައިރި/ ޒަކާތު ހައުސްއިންވަނީ ސިއްހީ ކަންކަމަށް ބޮޑު އެހީތަކެއް ދޫކޮށްފައި

އޭޑީކޭ ހޮސްޕިޓަލްކައިރި/ ޒަކާތު ހައުސްއިންވަނީ ސިއްހީ ކަންކަމަށް ބޮޑު އެހީތަކެއް ދޫކޮށްފައި

ޒަކާތު ފަންޑުން ކެންސަރު ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް ބޮޑު އެހީއެއް ފޯރުކޮށްދީފިއެވެ.

ޒަކާތު ހައުސްއިން އާއްމުކޮށްފައިވާ ޖޫންމަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް އެހީގެ ގޮތުގައި 2،62،911 ރުފިޔާވަނީ ދޫކުރެވިފައެވެ. ޒަކާތު ފަންޑުން އިތުރު އެހީތައް ދީފައިވާ މިންވަރަށް ބަލާއިރު ހިތުގެ އޮޕަރޭޝަންކުރުމަށް 38،164 ރުފިޔާ، ކިޑްނީ ބަލިތަކަށް 97،531 ރުފިޔާ، ގުނަވަން ބަދަލުކުރުމަށް 25،443 ރުފިޔާ، ސިކުނޑީގެ އޮޕަރޭޝަންތަކަށް 1،24،580 ރުފިޔާ އަދި އެހެނިހެން ބަލިތަކަށް 3،22،327 ރުފިޔާގެ އެހީވަނީ ފޯރުކޮށްދީފައެވެ.

ޖޫންމަހު ޖުމްލަ 1.04 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާއިރު އެމަހުގެތެރޭ އެހީގެގޮތުގައި ހަމަޖެހިފައިވަނީ ޖުމްލަ 8،70،957 ރުފިޔާއެވެ.

އެހެނިހެން ހަރަދުތަތަކުގެ ގޮތުގައި ޒަކާތު ފަންޑުން 2،73،026 ހޭދަކޮށްފައިވާއިރު މި ހަރަދުތަކުގެތެރޭގައި ހިމެނެނީ ޒަކާތުގެ މަސައްކަތްކުރުމަށް ޒަކާތު ފަންޑުން މުސާރަ ދޭގޮތަށް ނަގާފައިވާ މުވައްޒަފުންގެ އުޖޫރަދިނުމަށް ޢާމިލުންގެ ބައިން ކުރެވިފައިވާ ހަރަދެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ މެނިފެސްޓޯގައިވާގޮތަށް ޒަކާތާބެހޭ މުސްތަގިއްލު ވަކި މުވައްސަސާއެއްގެ ގޮތުގައި "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިފުތިތާޙުކޮށްދެއްވީ މިއަހަރުގެ ޖަނަވަރީމަހުގެ ތެރޭގައެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ ބޭނުމުގައެވެ.

https://int.etukuri.mv/
tel:+9607331319