
—
މެންޗެސްޓަރ ސިޓީން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި

އަހުމަދު ލައްމާހު އަޒީޒު - 11 ޖޫން 2023 - 06:02
މެންޗެސްޓަރ ސިޓީން ފުރަތަމަ ފަހަރަށް ޔުއެފްއާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފިއެވެ.
ތުރުކީގެ އިސްތަންބޫލުގައި ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލް ސިޓީއިން ކާމިޔާބުކޮށްފައި ވަނީ 0-1ގެ ނަތީޖާއަކުންނެވެ.
ގާޑިއޯލާގެ ކޯޗު ކަމުގެ ދަށުން، އޭނާ ވަނީ މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގު އެފްއޭ ކަޕް ކުރިން ހޯދައިފަ އެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ހަމަ އެކަނި ގޯލު ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެސްޕެނިޝް މިޑްފީލްޑަރު ރޮޑްރީ އެވެ.
މި މެޗުން މެންޗެސްޓާ ސިޓީ މޮޅުވުމާއެކު މި ސީޒަނުގައި އެޓީމުން ވަނީ ތިން ތަށި ކާމިޔާބުކޮށް މީގެ 24 އަހަރު ކުރިން މެންޗެސްޓާ ޔުނައިޓެޑް ހަދާފައިވާރެކޯޑާއި އަރާހަމަކޮށްފައެވެ.
އެއީ 1999 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑުން ފުރަތަމަ ފަހަރަށް ހެދި ރެކޯޑު 24 އަހަރު ފަހުން ސިޓީއިން މިވަނީ މުގުރާލާފައެވެ. އެފްއޭ ކަޕާއި، ޕްރިމިޔަރލީގުގެ އިތުރުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމާއިއެކު ސިޓީ ވެގެން ދާނީ މި ރެކޯޑު ހެދި ދެވަނަ އިނގިރޭސި ކުލަބަށެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން