logo
—

ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ރަންޒަމާން ގެންނާނަށް - ޤާޞިމް

profile

އަހުމަދު ޒަލީފު - 18 ޖޫން 2023 - 17:16

ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ރަންޒަމާން ގެންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ޤާޞިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޒުވާން ދަނޑުވެރިޔާއާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރައްވާ ކުރެއްވި ޓްވީޓެއްގައި ޤާޞިމް ވިދާޅުވީ، ރަމްޒީފަދަ އެތަކެއް ހާސް ދަނޑުވެރީން މި ޤައުމުގެ މުސްތަޤްބަލަށްޓަކާ އެބަ ބޭނުންވާ ކަމަށާއި، ޖޭޕީގެ ވެރިކަމެއްގައި ދަޑުވެރިކަން ޒަމާނީ ޓެކްނޯލިޖީއާއި އެކު ތަރައްޤީ ކޮށް، ޤައުމުގެ ފުޑްސެކިއުރިޓީއަށް އިސްކަންދެއްވާނެ ކަމަށެވެ.

ދިވެހީންގެ މި ޢިއްޒަތްތެރި ބިމުގައި،
ދިވެހީންގެ މުނާސަބު ފެހި ދަނޑުގައި،
ދިވެހީންގެ މުރާލިކަމާ އެކުގައި،
ރުވަމުން މިދާ ގަސްތައް الله ތަޢާލާގެ އިރާދަފުޅާ މިންވަރުފުޅުން ފޯދޭނެއެވެ. ދިވެހިޒުވާން ދަނޑުވެރިޔާ @ZuvanDhaduveria ރަމްޒީފަދަ އެތަކެއް ހާސް ދަނޑުވެރީން މި ޤައުމުގެ… pic.twitter.com/qXdP6Ank9h

— Qasim Ibrahim (@qasimibrahim) June 18, 2023

ރާއްޖޭގެ ރައީސް ކަމަށް އިންތިހާބުކޮށްފި ނަމަ، ރާއްޖޭގެ ފަހުގެ ތާރީޚެއްގައި ފެންނާނޭ ކަރަޕްޝަނާ އެންމެ ދުރު ސަރުކާރު ކަމުގައި ޖޭޕީ ސަރުކާރުހައްދަވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް، އޮނަރަބަލް ޤާޞިމް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އެހެން ސިޔާސީ ފިކުރުތައް ޓެސްޓް ކުރެވިފައިވާ ކަމަށާއި އެއީ ވަރަށް ނިކަމެތި، ހިތި ތަޖުރިބާއެއް ކަމަށް ވިދާޅުވެ، މިފަހަރުގެ ރިޔާސީ އިންތިހާބުގައި އޭނާ ހޯއްވަވައި ދެއްވުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ. ގާސިމް ވިދާޅުވީ އޭނާގެ ގާބިލުކަމާއި ކެރިފޯރުންތެރިކަން ހުރި އެންމެ މަތީ މިންވަރަކަށް އެ މަސްއޫލިއްޔަތު އަމާނާތްތެރިކަމާ އެކު އަދާ ކުރައްވާނެ ކަމަށެވެ.

އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ އެއްވެސް ރައްޔިތަކު ބާކީ ނުވާނެ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރ، އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ޤާޞިމް އިބްރާޙިމް ވަނީ ވިދާޅުވެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay