logo
ޗެލްސީގެ ފޯވާޑް މާކް ގިއޫ

ޗެލްސީގެ ފޯވާޑް މާކް ގިއޫ

މެޗުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅުނު އަޔަކްސް އަތުން ޗެލްސީއަށް ފަސޭހަ މޮޅެއް

profile

ހަސަން ޝަމްއޫން - 22 އޮކްޓޯބަރު 2025 - 22:33

ޔުއެފާ ޗެންޕިއަންސް ލީގުގައި މިރޭ ނެދަލޭންޑްސްގެ އަޔަކްސް އާއި ޕްރެމިއާ ލީގުގެ ޗެލްސީ ވާދަކުރި މެޗު ފަސޭހަކަމާއެކު 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ޗެލްސީ އިން ކާމިޔަބުކޮށްފިއެވެ.

https://wamco.com.mv/

ޗެންޕިއަންސް ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި ޕޯޗުގަލްގެ ބެންފީކާ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު އަޔަކްސް އެންމެ ފަހުން ކުޅުނު މެޗުގައި ފްރާންސްގެ މާސޭ އަތުން 4-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކޮށްފައިވަނީ 2019 ވަނަ އަހަރު އެވެ. އެމެޗު ނިމިފައިވަނީ 4-4 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

ޗެލްސީގެ ސްޓޭންފޯޑް ބްރިޖުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި އަޔަކްސްގެ މިޑްފީލްޑަރު ކެނަތް ޓެއިލާއަށް ދެއްކި ރަތްކާޑާއެކު މެޗުގެ ބަކީބައި އެޓީމުން ފުރިހަމަކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ތިންލަނޑުގެ ލީޑަކާއެކު 4-1 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޗެލްސީ އިން މެޗު ޑޮމިނޭޓްކުރިއިރު މިހާފުގައި އެޓީމުން އަޔަކްސްގެ ގޯލަށް 12 ހަމަލާއެއް ފޮނުވާލިއިިރު، މިހާފުގައި އެޓީމަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ.

އެގޮތުން މިމެޗުގައި ޗެލްސީގެ ފޯވާޑް މާކް ގިއޫ، މިޑްފިލްޑަރު މޮއިސަސް ކައިސޭޑޯ، ފޯވާޑް އެސްޓެވާއޯ، މިޑްފިލްޑަރު އެންޒޯ ފެނާންޑެޒް އަދި ޒުވާން ފޯވާޑް ޓައިރިގް ޖޯޖް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މިނަތީޖާއެކު ލީގުބުރުގައި ކުޅުނު ތިން މެޗުން ޗެލްސީއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ 11 ވަނައިގައެވެ. އަދި މިމެޗުން ބަލިވި އަޔަކްސް ލީގުބުރުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާއިރު، ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay