
ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) 2025 ގެ ޑެސްޓިނޭޝަން ޕާޓްނަރަކަށް ވިޒިޓް މޯލްޑިވްސް

އައިޝަތު އިބްރާހިމް - 28 އޯގަސްޓު 2025 - 13:14
ދިވެހިރާއްޖޭގެއެންމެފާހަގަކޮށްލެވޭބީ2ބީޓްރެވަލްޓްރޭޑްޕްލެޓްފޯމްކަމުގައިވާޓްރެވަލްޓްރޭޑްމޯލްޑިވްސް (ޓީޓީއެމް) 2025 ގެ ޑެސްޓިނޭޝަން ޕާޓްނަރެއްގެ ގޮތުގައި ވިޒިޓް މޯލްޑިވްސްކޯޕަރޭޝަން (ވީއެމްސީ)ބައިވެރިވެއްޖެއެވެ.
އޯގަސްޓް 27އިން 28އަށް ބާސެލޯނަސަންދުރާ މޯލްޑިވްސްގައިކުރިއަށްދާ މިމަޢުރަޒުގައިދުނިޔޭގެއެކިކަންކޮޅުތަކުންފަތުރުވެރިކަމުގެސިނާޢަތުގެތަފާތުވިޔަފާރިވެރިންނާއި، ޙިދުމަތްތެރިންނާއި، އެއަރލައިންތަކާއި، ޓުއަރ އޮޕަރޭޓަރުންނާއި، ދަތުރުފަތުރާގުޅޭމީޑިއާގެފަރާތްތައްދެދުވަހުގެމުއްދަތަށްއެއްތަނަކަށްޖަމާވެ، މަތީ ފެންވަރެއްގައި ނެޓްވޯކްކުރުމާއި، މަންޒިލްޕްރޮމޯޓުކުރުމާއި، ވިޔަފާރީގެގުޅުންތައްބަދަހިކުރުމަށްމަސައްކަތްކުރާނެ ކަމުގައި ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.
ޑެސްޓިނޭޝަން ޕާޓްނަރެއްގެހައިސިއްޔަތުން، ވިޒިޓް މޯލްޑިވްސްއިން މައިގަނޑު ދައުރެއް އަދާކުރާނީ ދިވެހިރާއްޖެ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފަތުރުވެރިކަމުގެ މަންޒިލް ތަކުގެތެރޭގައި ހިމެނޭ ތަނެއްގެގޮތުގައިޕްރޮމޯޓް ކުރުމަށް ކަމަށްވެސް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފައެވެ. މީގެތެރޭގައި ލަގްޒަރީ، ވެލްނެސް، ހަލާލް، އެމްއައިސީއީ، އީކޯ-ޓޫރިޒަމް އަދި ސަގާފީދަތުރުފަތުރުގެ ދާއިރާތައްހިމެނެއެވެ.
އިވެންޓުގައި ހިންގޭޙަރަކާތްތަކާއި، ޑިޖިޓަލް ސްޓޯރީޓެލިންގ އަދި ވިޔަފާރީގެ ދާއިރާއާ ގުޅުން ބަދަހިކުރުމުގެ ތެރެއިން، ވިޒިޓް މޯލްޑިވްސް އިން މި ޕްލެޓްފޯމް ބޭނުންކުރާނީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ދަތުރުފަތުރުގެ ވިޔަފާރީގެ ފަންނުވެރިންގެމެދުގައި ދިވެހިރާއްޖޭ ފެންނަ މިންވަރާއި ނަން މަޝްހޫރުކަންއިތުރުކުރުމަށް ކަމަށްވެސް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ.
ޓީޓީއެމް ކަނެކްޓްޕްލެޓްފޯމް މެދުވެރިކޮށް 3،000 އަށް ވުރެ ގިނަ ބީ2ބީ ބައްދަލުވުންތައް ތާވަލްކުރެވި ކުރިއަށްދާނެ ކަމަށްވެސް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއވެ. މިއީ އެގްޒިބިޓަރުންނަށް ދުނިޔޭގެ އެކިކަންކޮޅުތަކުން އަންނަ ވިޔަފާރިވެރިންނާއި ޕާޓްނަރުންނާ ބައްދަލުކުރުމަށް ލިބޭ މުހިންމުފުރުޞަތެކެވެ. ދިވެހިރާއްޖޭގެރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، އެއަރލައިންތަކާއިފަތުރުވެރިކަމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އައުތަޖުރިބާތަކާއި، ޚާއްޞަ އޮފަރތަކާއި، އެކި މާކެޓްތަކަށް އަމާޒުކޮށްގެން އުފައްދާފައިވާ އައު އުފެއްދުންތައް ދައްކުވައިދޭނެއެވެ.
ވިޒިޓްމޯލްޑިވްސްއިން އިންޓަރނޭޝަނަލްއޮޕަރޭޓަރުންނާއި، ޑީއެމްސީތަކާއި، ދަތުރުފަތުރާ ގުޅޭ މީޑިއާގެ ފަރާތްތަކާ މުހިންމުބައްދަލުވުންތައް ބާއްވައި، މިހާރުވެސް ގުޅުންބަދަހިވެފައިވާ މާކެޓްތަކާއި އައު މާކެޓްތަކުގައި ދިވެހިރާއްޖޭގެ ބްރޭންޑް ވަރުގަދަކުރުމަށް މަސައްކަތްކުރާނެ ކަމަށް ވިޒިޓްމޯލްޑިވްސް އިން ބުނެފައިވެއެވެ
މި އިވެންޓް ނިމިގެންދާނީ އޯގަސްޓް 28ވަނަ ދުވަހުގެރޭ އަދާރާން ސިލެކްޓް ހުދުރަންފުށީގައި ބާއްވާ ޓީޓީއެމްއެވޯޑްސް އެންޑްގަލާ 2025 އިންކަމުގައިވެސް ވިޒިޓް މޯލްޑިވްސުން ބުނެފައިވެއެވެ. މިގަލާގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް، ކޮށްފައިވާ ޚިދުމަތުގެ ފެންވަރާއި، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމާއި، އައު ގޮތްތައްހޯދުމާއި، މާކެޓިންގ އަދިހޮސްޕިޓަލިޓީގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތަކުގެއަގުވަޒަންކުރެވޭނެ ކަމުގައިވެސް ބުނެފަައިވެއެވެ.
"ޓީޓީއެމް މިހާރު މިވަނީ ދިވެހި ފަތުރުވެރިކަމުގެ ޚިދުމަތްތަކާއި އުފެއްދުންތައް ބައިނަލްއަޤްވާމީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ހިއްސާދާރުންނާ ހިއްސާކުރުމުގެ ކުރިއަރާފައިވާ މަންސައަށްވެފައެވެ. އެހެންކަމުން ދިވެހިރާއްޖެ ޕްރީމިއަމް ޓްރެވަލް މަންޒިލެއްގެ ގޮތުގައި ކުރިއެރުވުމަށް ހިންގޭ މިފަދަމުހިއްމު ކަންކަމުގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވުމަކީ އަޅުގަނޑުމެންނަށްލިބޭވަރަށްބޮޑުފަޚުރެކެވެ".ވިޒިޓްމޯލްޑިވްސްކޯޕަރޭޝަންގެސީއީއޯއަދިއެމްޑީ، އިބްރާހިމްޝިޢުރީ
ޓީޓީއެމް 2025 އާއެކު ޕާޓްނަރޝިޕެއް ޤާއިމުކުރުމަކީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން، ދިވެހި ކުންފުނިތަކުން ކުރާ މިފަދަ އަގުހުރި ހަރަކާތްތައް ބާރުވެރިކޮށް އެކަންކަމަށް އެއްބާރުލުންދީ ސިނާޢަތުގެމިފަދަ ހަރަކާތްތަށް އިތުރަށްކުރިއެރުވުމަށްހިތްވަރުދޭކަމުގެރަމްޒެއް ކަމުގައިވެސް ވިޒިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ވޮންޑަރލަސްޓް ރީޑަރ ޓްރެވަލް އެވޯޑްސް 2025 ގެ 2 އެވޯޑަކަށް ރާއްޖެ ނޮމިނޭޓްވެއްޖެ
2 މަސް ކުރިން

އަމާޒު ބަދަލުކުރީ ރަމްޒީ މަސައްކަތްތަކެއް ކުރުމުގެ ބަދަލުގައި ނަތީޖާ ފެންނަ ގޮތަށް: ޣިޔާސް
2 މަސް ކުރިން

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް އަރައިފި
މަހެއް ކުރިން

އޮސްޓްރޭލިއާގައި ރާއްޖެ ޕްރޮމޯޓްކުރަން ފަށައިފި
މަހެއް ކުރިން