logo
ފޮޓޯ: ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

ފޮޓޯ: ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

އަމާޒު ބަދަލުކުރީ ރަމްޒީ މަސައްކަތްތަކެއް ކުރުމުގެ ބަދަލުގައި ނަތީޖާ ފެންނަ ގޮތަށް: ޣިޔާސް

profile

އައިޝަތު އިބްރާހިމް - 17 ޖުލައި 2025 - 05:00

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ މާލީ ހާލަތަށާއި ހިންގުމުގެ އޮނިގަނޑަށް ތާރީހީ ކުރިއެރުމެއް ލިބިފައިވަނީ ރަމްޒީ މަސައްކަތްތަކެއް ކުރުމުގެ ބަދަލުގައި ނަތީޖާ ފެންނަ ގޮތަށް އަމާޒު ބަދަލުކުރީމަ ކަމަށް އެ ކުންފުނީގެ ޗެއާޕާރސަން ޢަބްދުﷲ ޣިޔާސް ވިދާޅިުވެއްޖެއެވެ.

https://wamco.com.mv/

އޭނާ މިފަދައިން ވިދާޅުވެފައި ވަނީ، އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ އަހަރީ އާންމު ޖަލްސާގައި ދެއްކެވި ވާހަކައިގައި، ޣިޔާސް، ވަނީ އެ ކުންފުނީގެ މާލީ ޙާލަތަށާއި ހިންގުމުގެ އޮނިގަނޑަށް ތާރީޚީ ކުރިއެރުމެއް ލިބިފައިވާކަން ފާހަގަކުރައްވާފައެވެ.

ޣިޔާސްގެ ވާހަކައިގައި، ފާއިތުވި އަހަރު ކުންފުނިން ހާސިލްކޮށްފައިވާ މުހިންމު ލަނޑުދަނޑިތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ހިންގުމުގެ ޚަރަދު 10 އިންސައްތަ ކުޑަކުރެވި، ޓްރޭޑް ޝޯތަކަށް ކަނޑައަޅާފައިވާ ޚަރަދު 80 އިންތައް އިން 34 އިންސައްތައަށް ދަށްކުރެވިފައިވާ ކަމަށާއި، މީގެ ސަބަބުން ހަރުދަނާ، އަދި އަސަރުފޯރުވަނިވި މަސައްކަތްތަކަށް ފައިސާ ޚަރަދުކުރުމަށް ފުރުސަތުލިބިފައިވާކަން ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ފާއިތުވި 10 އަހަރާ ޚިލާފަށް، ރަމްޒީ މަސައްކަތްތަކެއް ކުރުމުގެ ބަދަލުގައި ނަތީޖާފެންނަ، ލަނޑުދަޑިތަކަށް ބަރޯސާވެ ކުރެވޭ މަސައްކަތްތަކަށް ކުންފުނީގެ އަމާޒު ބައްޓަންކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

ކުންފުނި މިހާރު ހިންގަމުންދަނީ ޒަމާނީ، ޑޭޓާއަށް ބިނާކޮށް އަދި ސްޓްރެޓެޖިކް ފަތުރުވެރިކަމުގެ ބޯޑެއްގެ ގޮތުގައިކަން ޗެއަރޕާސަން ޢަބްދުﷲ ޣިޔާސްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އެގޮތުން މައިގަނޑު މާކެޓުތަކުގައި ވަރުގަދަ ކުރިއެރުންތަކެއް ހާސިލުވެފައިވާކަން ރިޕޯޓުކުރައްވަމުން، ކުރިން 39 އިންސައްތައަށް ދަށްވެފައިވާ އިންޑިއާ މާކެޓަށް މިހާރު 4 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށާއި، ވިލާތާއި އޭޝިއާއިން ދިވެހިރާއްޖެ ގޫގުލްގައި ކުރާ ސާރޗްތައް 1000އިންސައްތަ އަށްވުރެ އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ.

"ދިވެހިރާއްޖެ މިހާރު ވަނީ ހަމައެކަނި ދުނިޔޭގެ ދަތުރުފަތުރުގެ ޗާޓުގައި ހިމެނިފައެއް ނޫނެވެ - އަޅުގަނޑުމެން މިތިބީ އެންމެ ކުރީ ސަފުގައެވެ. އަދި ކުރިއަށް އޮތް 6 މަސްދުވަސް އިތުރަށް އަސަރުފޯރުވަނިވި ގޮތެއްގައި ފާހަގަކުރެވޭނެއެވެ. އައު ޕާޓްނަރޝިޕްތަކާއި ވިސްނުންތެރި ކެމްޕޭންތައް މިހާރުވެސް ވަނީ ފެށިފައެވެ،" ޣިޔާސް

މިމަސައްކަތްތަކުގެ ދުވެލި ބާރުކުރުމަށާއި ލަނޑުދަނޑިތައް ހާސިލްކުރުމަށް މާލީ އެހީތެރިކަންދިނުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ސަރަޙައްދަށް ބަލާއިރު، ރާއްޖެއާއި ވާދަވެރިން މީހުންގެ މަންޒިލްތައް ޕްރޮމޯޓްކުރުމަށް މާބޮޑަށްވެސް އިތުރު ބަޖެޓުތައް ކަނޑައަޅަމުންދާކަމަށް ޣިޔާސް ވިދާޅުވިއެވެ. އެހެންނަމަވެސް، ދިވެހިރާއްޖެއިން ޚަރަދުކުރަނީ އަޅުގަނޑުމެންގެ މައިގަނޑު ވާދަވެރިންގެ ތެރެއިން އެންމެ މަދު މިންވަރުކަމަށް ވިދާޅުވިއެވެ. ވޭތުވެދިޔަ 20 އަހަރު ތެރޭގައި، ރާއްޖޭގެ ވާދަވެރިން މަންޒިލް މާކެޓްކުރުމަށް ޚަރަދުކުރާ މިންވަރަށް ރާއްޖެއިން ޚަރަދުކޮށްފައި ނުވާކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރޕާސަން ޢަބްދުﷲ ޣިޔާސް ވިދާޅުވިއެވެ.

ޣިޔާސްގެ ވާހަކަ ނިންމަވާލެއްވީ ސަރުކާރުގެ އިދާރާތަކާއި ސިނާޢަތުގެ ހިއްސާދާރުންނާއި ކުންފުނީގެ މުވައްޒަފުންނަށް ޝުކުރުއަދާކުރައްވަމުންނެވެ.

https://etukuri.mv/
https://www.aslu.com.mv