logo
--

--

އިސްރާއީލް ސިފައިން މަސްޖިދުލް އަޤުޞާއަށް ވަދެ ދިން ޙަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

profile

އަހުމަދު ޒަލީފު - 05 އޭޕްރީލު 2023 - 19:20

އިސްރާއީލް ސިފައިން ގަދަބާރުން މަސްޖިދުލް އަޤުޞާއަށް ވަދެ އެމިސްކިތުގައި އަޅުކަން ކުރަން ތިބި ފަލަސްޠީނުގެ ރައްޔިތުންނަށް އަނިޔާކޮށް މިސްކިތަށް ގެއްލުންދިނުން ދިވެހިރާއްޖޭގެ ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.
މިކަން ކުއްވެރިކޮށް ދިވެހި ސަރުކާރުން ވަނީ ނޫސްބަޔާނެއް ނެރެފައެވެ.

ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައިވަނީ ދިވެހިރާއްޖޭގެ ސަރުކާރާއި ދިވެހި ރައްޔިތުން ތިބީ ފަލަސްޠީނުގެ ރައްޔިތުންނާ އެކުކަން ފާހަގަކޮށް، ފަލަސްޠީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ތާއީދުކުރާ ކަން ތަކުރާރުކޮށްފައެވެ.

https://wamco.com.mv/

އަދި ފަލަސްޠީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަޤުވާމީ މައިދާނުގައި ފަލަސްޠީނުގެ ރައްޔިތުންގެ ފަރާތުން ވަކާލާތުކުރުމުގައި ރާއްޖެއިން ދެމިތިބޭނެކަން ވެސް ރާއްޖޭގެ ބަޔާނުގައިވެއެވެ.

މީގެއިތުރުން ރާއްޖޭގެ ބަޔާނުގައި ވަނީ އިސްރާއީލުގެ ސިފައިންގެ ޢަމަލުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އ.ދ.ގެ ސަލާމަތީ މަޖިލީހާއި ޢާއްމު މަޖިލީހުގެ ޤަރާރުތަކާ ޚިލާފު ޢަމަލުތަކެއްކަން ފާހަގަކޮށްފައެވެ. އަދި މިފަދަ ޢަމަލުތަކުގެ ސަބަބުން ފަލަސްޠީނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް ދާއިމީ ޙައްލެއް ގެނައުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސް އެޅި، މެދުއިރުމަތީގައި ޞުލްޙަ އާއި ހަމަޖެހުން ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ވެސް ހުރަސްއެޅޭކަން ދިވެހި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

ފަލަސްތީންގެ ބޮޑުވަޒީރު މުހައްމަދު ސައްތާހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަޤުޞާ މިސްކިތުގައި ނަމާދު ކުރުމަކީ ހުރިހާ މުސްލިމުންނަށް ވެސް އޮތް ހައްގެއް ކަމަށާއި ޔަހޫދީން އެމިސްކިތައް ވަދެ، މިސްކިތުގެ ހުރުމަތް ކެނޑުން އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ފަލަސްޠީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ދާއިމީ، ޞުލްޙަވެރި ޙައްލެއް ލިބެން އޮތީ، 1967ގެ ކުރިން ކަނޑައަޅާފައިވާ އިންތަކުގެ މައްޗަށް ޤާއިމުކުރެވިފައިވާ، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ހަމަޖެހިފައިވާ މިނިވަން، މުސްތަޤިއްލު ފަލަސްޠީނެއް ޤާއިމުކުރެވިގެންކަން ކަމަށް ރާއްޖޭގެ ސަރުކާރުގެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay