logo
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް

އާ ސަރުކާރަށް އެއްބާރުލުން ދޭނަން - އަސްލަމް

profile

އަހުމަދު ޒަލީފު - 09 އޮކްޓޯބަރު 2023 - 14:40

މިދިޔަ މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ އާ ސަރުކާރަށް މަޖިލީހުގެ ތެރެއިންވެސް ދެވުނު އެއްބާރުލުމެއް ދެއްވާނެ ކަމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައްޔިތުން މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ މަޖިލިސް ތެރެއިން ވެސް އެމްޑީޕީގެ މަސްއޫލިއްޔަތަކަށް ވާނީ އެ ސަރުކާރެއް ޒިންމާދާރު ކުރުވުން ކަމަށެވެ. އަދި ވިދާޅުވީ މަޖިލިސް ތެރެއިން ވެސް ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާތަން ފެނިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، އާ ސަރުކާރަށް ޖެއްސުން ކުރުމާއި ފުރައްސާރަ ކުރުމުގެ ނިޔަތުގައި މަޖިލީހުން އެއްވެސް ކަމެއް ނުކުުރައްވާނެ ކަމަށާއި، އެއްބާރުލުން ދޭންޖެހޭ ކަންކަމުގައި އެއްބާރުލުން ދެއްވާނެ ކަމަށެވެ.

"ސަރުކާރަކަށް ޖެއްސުން ކުރުމާއި ފުރައްސާރަ ކުރުމުގެ ނިޔަތުގައި މަޖިލީހުން އަޅުގަނޑުމެން އެއްވެސް ކަމެއް ނުކުރާނަން." އަސްލަމް ވިދާޅުވިއެވެ.

https://etukuri.mv/
https://www.aslu.com.mv