
މޯލްޑިވިއަންއިން ޝެންޒެން ދަތުރުތައް ފެށުމުގެ ތެރެއިން / ފޮޓޯ: މޯލްޑިވިއަން
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް އަރައިފި

އައިޝަތު އިބްރާހިމް - 19 ޖުލައި 2025 - 08:20
މި އަހަރުގެ މިހާތަަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 1،202،262 އަށް އަރާފައެވެ. މިއީ މިދިޔަ އަހަރަށްވުރެ 9.6 ޕަސެންޓުގެ ކުރިއެރުމެކެވެ.
ތަފާސްހިސާބުން އެނގޭ ގޮތުގައި މި ހިނގާ ޖުލައިގެ މިހައިތަނަށް ވެސް 94،132 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއީ މިދިޔަ ތިން އަހަރާ އަޅައިބަލާއިރު ވެސް އިތުރު އަދަދެކެވެ. އަހަރުގެ މިހައިތަނަށް ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 6،103 ފަތުރުވެރިން ރާއްޖެ އާދެއެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ އެކަކުން 16 އަށް 94،132 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ 3 އަހަރާ އަޅައިބަލާއިރު ވެސް އިތުރު އަދަދެކެވެ. އަހަރުގެ މިހައިތަނަށް ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 6،103 ފަތުރުވެރިން ރާއްޖެ އާދެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު، 15.3 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 81،631 ފަތުރުވެރިންނެވެ.
މި އަހަރު އަދި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަމުންދަނީ ޗައިނާއިންނެވެ. އެ ޤައުމުން 165،134 ފަތުރުވެރިން އައިސްފައިވާއިރު، އެއީ ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 13.7 އިންސައްތައެވެ.
ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ ރަޝިޔާއިންނެވެ. އެ ޤައުމުން އައި ފަތުރުވެރިންގެ އަދަދު 140،298އަށް އަރާއިރު، އެއީ ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 11.7 އިންސައްތައެވެ.
އިނގިރޭސިވިލާތް ލިސްޓުގެ ތިން ވަނައިގައި 115،133 ފަތުރުވެރިނާއެކު އޮތްއިރު، އެ ގައުމުން ހިއްސާކުރަނީ 9.6 އިންސައްތަކަންވެސް ތަފާސް ހިސާބުން އެނގެއެވެ.
މި ލިސްޓުގައި ދެވަނައިގައި އުޅެނީ ގެސްޓްހައުސްތަކެވެ. އެ ތަންތަނުގައި 22.2 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ. އެއީ 267،378 ފަތުރުވެރިންނެވެ. ރާއްޖޭގެ 20 އަތޮޅެއްގެ 107 ރަށެއްގައި، 880 ގެސްޓްހައުސް ހިންގައެވެ. އެ ތަންތަނުން ހިއްސާކުރަނީ ފަތުރުވެރިކަމުގެ 23 އިންސައްތަކަންވެސް ތަފާސް ހިސާބުން އެނގެއެވެ.
ދެން އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރާއްޖޭގެ ޓޫރިސްޓް ހޮޓެލްތަކަށެވެ. މުޅިއެކު 2.7 އިންސައްތަ ފަތުރުވެރިން އެ ތަންތަނުގައި ޗުއްޓީ ހޭދަކުރާއިރު، އެ މީހުންގެ އަދަދު 32،812އަށް އަރައެވެ. ރާއްޖޭގައި 16 ޓޫރިސްޓު ހޮޓެލް، 8 އަތޮޅެއްގެ 9 ރަށެއްގައި ހިންގައެވެ. އެ ތަންތަނުން 2،310 ޓޫރިސްޓު ބެޑު ހިއްސާކުރާއިރު، އެއީ ޖުމްލަ އަދަދުގެ 4 އިންސައްތައެވެ.
ބާކީ 2.2 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ސަފާރީތަކުގައެވެ. އަހަރުގެ މިހައިތަނަށް ރާއްޖޭގެ ސަފާރީތަކުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންގެ އަދަދު އަރަނީ 25،879އަށެވެ. ޖުމްލަ 159 ސަފާރީއެއް ރާއްޖޭގައި އޮޕަރޭޓުކުރެއެވެ. އެ ތަންތަނުން 3،162 ޓޫރިސްޓި ބެޑު ހިއްސާކުރާއިރު އެއީ 5 އިންސައްތައެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަހަރަށް އަމާޒު ހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް 1.2 މިލިޔަން ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި މިމަހުގެ 26 ވަނަ ދުވަހު ވީއައިއޭގެ އައު ޕެސެންޖަރ ޓަރމިނަލް ހުޅުވުމާއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްޖިދުލް އަޤުޞާއަށް ވަދެ ދިން ޙަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
2 އަހަރު ކުރިން

އިސްރާޢީލުން ފަލަސްތީނަށް ދިން ޙަމަލާ ރާއްޖެއިންވެސް ކުށްވެރިކޮށްފި
2 އަހަރު ކުރިން

ސަރުކާރުގެ ދަތުރުތަކަށް 64 މިލިއަން: ހަންގޭރީ އަށް ފަހު ޝާހިދު ވަޑައިގަތީ ސްވިޑެން އަށް!
2 އަހަރު ކުރިން

އާ ސަރުކާރަށް އެއްބާރުލުން ދޭނަން - އަސްލަމް
2 އަހަރު ކުރިން