logo

ޕީއެންސީ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން ފަށައިގެން ކުރިއަށް!

profile

އާމިނަތު ޝަޒްލާ - 11 ޖުލައި 2026 - 07:06

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، (ޕީއެންސީ)ގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު 09:00 ޖެހިއިރު ފަށައިފިއެވެ.

https://wamco.com.mv/

އެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 09:00 އިން ހަވީރު 04:00އަށެވެ. 04:00 ޖަހާއިރު ވޯޓުކިއު ބަންދުކުރާނެއެވެ. މާލެ ސަރަހައްދުގައި 5 ތަނެއްގައި ވޯޓުފޮށިތައް ބަހައްޓާފައިވެއެވެ.

ރަށްރަށުގެ ވޯޓުލުން ކުރިއަށް ދާނީ ވޯޓުލުން ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ސަރަހައްދުތަކުގައެވެ. އެ އިންތިޚާބާއި ގުޅުން ހުރި އިޖުރާއީ އުސޫލާއި، ވޯޓުލާން ދާން ޖެހޭ ތަނުގެ މައުލޫމާތު އެ ޕާޓީގެ ވެބްސައިޓުން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

މާލެ ސަރަހައްދުގެ ވޯޓްފޮށިތަކުގެ ތެރޭގައި ހިމެނެނީ އަމީނިއްޔާ ސްކޫލާއި، އިސްކަންދަރު ސްކޫލާއި، ހުޅުމާލެ ފުރަތަމަ ހިޔަވަހީގެ ރެހެންދި ސްކޫލާއި، ދެވަނަ ފިޔަވަހީގެ ކަމާލުދީދީ ޕްރީސްކޫލާއި، އަދި ވިލިމާލެ، މުހިއްޔުއްދީން ސްކޫލެވެ.

އަމީނިއްޔާ ސްކޫލުގެ ވޯޓުފޮށްޓަށް ވޯޓުލެވޭނީ މާލޭ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ތިނަދޫ ސިޓީގެ ދާއިރާތަކަށް ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންގެ ތެރެއިން މާލޭގައި ވޯޓުލާ މީހުންނަށެވެ.

އިސްކަންދަރު ސްކޫލުގެ ވޯޓުފޮށްޓަށް ވޯޓުލެވޭނީ ސިޓީތައް ފިޔަވާ އަތޮޅުތަކުގެ ދާއިރާތަކަށް ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންގެ ތެރެއިން މާލޭގައި ވޯޓުލާ މީހުންނަށެވެ. ހުޅުމާލެ ފޭސް 2 ގެ ކަމާލުދީދީ ޕްރީސްކޫލުގެ ވޯޓުފޮށްޓަށް ވޯޓުލެވޭނީ ހުޅުމާލެ އުތުރު ދާއިރާގެ މީހުންނަށެވެ. އަދި ހުޅުމާލެ ފޭސް 1، ރެހެންދި ސްކޫލުގެ ވޯޓުފޮށްޓަށް ވޯޓުލެވޭނީ ހުޅުމާލެ ދެކުނު ދާއިރާގެ މީހުންނަށެވެ.

ވިލިމާލެ، މުހިއްޔުއްދީން ސްކޫލުގެ ވޯޓްފޮއްޓަށް ވޯޓްވެވޭނީ ވިލިމާލެ ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންނަށެވެ.

131 ރަށެއްގައި ކުރިއަށްދާ މި އިންތިޚާބުގައި 2500އެއްހާ ކެނޑިޑޭޓުން ވާދަކުރެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk