.jpg&w=3840&q=75)
ހއ. ހޯރަފުށީ މިސްކިތެއް
ކީރިތި ޤުރްއާނަކީ ބަރަކާތުން ފުރިގެންވާ މުޤައްދަސް ފޮތެއް: ޚުތުބާ

އާމިނަތު ޝަޒްލާ - 10 ޖުލައި 2026 - 08:53
ކީރިތި ޤުރްއާނަކީ ބަރަކާތުން ފުރިގެންވާ މުޤައްދަސް ފޮތެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މަޢުޟޫއަކީ "ކީރިތި ޤުރުއާން ކިޔެވުމުގެ މާތްކަން" މިއެވެ.
ކީރިތި ޤުރްއާނަކީ ބަރަކާތުން ފުރިގެންވާ މުޤައްދަސް ފޮތެއް ކަމަށާއި، އެކަން ފާހަގަކުރައްވާ ޚުތުބާގައި ވިދާޅުވީ، އިޚުލާޞްތެރިކަމާއެކު އެފޮތް ތިލާވަތުކުރާ ކޮންމެ މީހަކަށް، އެ ފޮތުގެ ބަރަކާތާއި މަތިވެރިކަން ލިބޭނެކަމަށެވެ. އަދި އެއީ ކިޔެވުމުގައި ފަރިތަ، ކުޅަދާނަ މީހެއް ކަމުގައި ވިޔަސް، ނުވަތަ އުނދަގުލާއި ދަތިކަމާ އެކު ކިޔަވާން މަސައްކަތްކުރާ މީހެއް ކަމުގައި ވިޔަސް ކަމުގައެވެ.
ޚުތުބާގައި ކީރިތި ޤުރުއާނާމެދު ތަޤުވާވެރިވުމަށް ގޮވާލައްވާފައިވާއިރު، އަދި ހުރިހާ ހެއުކަމެއް ވަނީ އެ ފޮތުގައި ހިފަހައްޓާ، އެ ފޮތް މަތިވެރިކުރުމުގައިކަމަށް ވިދާޅުވެފައެވެ. އަދި ހުރިހައި ނުބައިކަމެއް ވަނީ އެ ފޮތް ދޫކޮށްލުމާއި އެ ފޮތުގެ އަމުރުތަކާ ޚިލާފުވުމުގައިކަމަށް ޚުތުބާގައި ވިދާޅުވިއެވެ.
އިޚުލާޞްތެރިކަމާއެކު ކީރިތި ޤުރުއާން ތިލާވަތުކުރާ ކޮންމެ މީހަކަށް، އެފޮތުގެ ބަރަކާތާއި މަތިވެރިކަން ލިބޭނެކަމަށާއި، އެ ފޮތުގެ އުޞޫލުތަކުގައި ހިފަހައްޓައި، އެ ފޮތް ކިޔެވުމުގައި ދެމިހުންނަ މީހަކީ، ގެއްލުމެއްނުވާނޭ ފައިދާހުރި ވިޔަފާރިއެއްގައި ދެމިހުރި މީހެއް ކަމަށް ވެސް ވަނީ ހުތުބާގައި ވިދާޅުވެފައެވެ.
ޤުރުއާން ތިލާވަތުކުރުމަކީ އިންސާނާގެ ހަށިގަނޑަށާއި، ރޫޙަށާއި، ހިތަށް ފައިދާހުރި ހެޔޮ ބަދަލުތަކެއް ގެނުވައިދޭ ކަމެއްކަން ފާހަގަކުރައްވާ ޚުތުބާގައި ވިދާޅުވީ، މާތް ﷲގެ މަތީން ހަނދުމަކޮށް، ޒިކުރުކުރުމުގެ މަޤުޞަދުގައި ކިޔެވޭ މި މުޤައްދަސް ފޮތަކީ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ އަސްލުކަމަށް ވެސް ވަނީ ހުތުބާގައި ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހަފްތާއެއް ކުރިން، ކުރި މުޒާހަރާއަކާ ގުޅިގެން، ޝާމިން މިއަދު ހައްޔަރު ކޮށްފި
8 ގަޑިއިރު ކުރިން

ވައި ސާފުވާން ފެށުމުން އިންޑޮނޭޝިއާގެ މައި އެއާޕޯޓުތައް އަލުން ހުޅުވަން ފަށައިފި
10 ގަޑިއިރު ކުރިން

އިންޑޮނޭޝިއާގެ ޕަޕުއާގެ މާރުކޭޓެއްގައި ރޯވެ، 6 ކުޑަކުދިން ހިމެނޭހެން 11 މީހުން މަރުވެއްޖެ
ދުވަހެއް ކުރިން

ދިރާގުގެ އިތުރު ހިއްސާ މި ވަގުތު ސަރުކާރަށް ގަތުމަކީ ބޭކާރު ހަރަދެއް: ރައީސް ނަޝީދު
ދުވަހެއް ކުރިން


