logo

މ އަތޮޅުގައި ފިއުލް ޝްޓޭޝަނެއް ގާއިމްކުރަނީ

profile

މުޙައްމަދު ފަޟްލޫން - 29 މޭ 2026 - 05:27

އަޟްޙާ ޢީދުގެ ބަންދަށްފަހު މ. އަތޮޅުގައި ފިއުލް ސްޓޭޝަނެއް ޤާއިމުކުރެވޭނެ ކަމަށް ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ސަރުކާރުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް މަސްވެރި އުޅަނދުފަހަރަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިޔަ ނަމަވެސް، މަސްވެރިންނަށް ކުރިމަތިވާ މާލީ ބުރަ ކުޑަކުރުމަށް ސަރުކާރުން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާ ގުޅިގެން ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޭޝަންތައް ބިނާކުރުމުގެ މަޝްރޫޢު ބާރުމިނުގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޝިޔާމް އިތުރަށް ބަޔާންކުރެއްވި ގޮތުގައި، މަސްވެރި އަތޮޅުތަކުގެ ތެރެއިން މިވަގުތު ތެޔޮ ލިބުމުގެ ދަތިކަން ކޮންމެވެސް މިންވަރަކަށް އިހުސާސް ކުރަންޖެހިފައިވަނީ މ. އަތޮޅުގައެވެ.

ކައިރި އަތޮޅުތަކުން ތެޔޮ ލިބޭތީ ބޮޑެތި ޝަކުވާތަކެއް ނެތް ނަމަވެސް، މަސްވެރިންނަށް ދިމާވާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދުމަށް މ. އަތޮޅުގައި ފިއުލް ސްޓޭޝަނެއް ގާއިމުކުރުމަކީ މި ސިނާޢަތަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

މަސްވެރިންނަށް އެސްޓީއޯގެ އަގުގައި ތެޔޮ ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. މީގެކުރިން އެންމެ ހަތަރު ސަރަހައްދަކުން މި ހިދުމަތް ލިބުނު ނަމަވެސް، މިހާރު ވަނީ އިތުރު ނުވަ ސަރަހައްދެއްގައި މި ޚިދުމަތް ފަށާފައެވެ.

ސަރުކާރުގެ މި ހަރުދަނާ ސިޔާސަތުގެ ދަށުން، މަސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތާލައި، މަސްވެރިކަމުގެ ނަފާ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk