logo
ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން / ފޮޓޯ: އަސްލު ޓީވީ

ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން / ފޮޓޯ: އަސްލު ޓީވީ

މިނިވަން މެމްބަރުންގެ ގޮތުގައި ހޮވި ޕީއެންސީއަށް ސޮއިކުރި 9 މެމްބަރުން އެބަތިބި: އަލީ ހުސައިން

profile

މުޙައްމަދު ފަޟްލޫން - 20 މޭ 2026 - 12:05

މިނިވަން މެމްބަރުންގެ ގޮތުގައި ހޮވި ޕީއެންސީއަށް ސޮއިކުރި 9 މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި އެބަތިބި ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އަސްލު ޓީވީގެ ބާބު ޕްރޮގްރާމްގައި ބައިވެރިވެ ވަަޑައިގެން އަލީ ވިދާޅުވީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި އިންތިހާބުވި 9 މެމްބަރަކު މަޖިލީހުގެ ޖަލްސާތައް ފެށުމުގެ ކުރިން ވެރިކަން ކުރާ ޕީއެންސީ އަށް ސޮއިކޮށްފައިވާ ކަަމަށެވެ.

ޕީއެންސީ އިން ދާދިފަހުން ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން މަޖިލީހަށް ހޮވުނު ހައިސިއްޔަތު ބަދަލުކޮށްފިނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެއެވެ. އެހެންކަމުން އެ 9 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައިވާނެ ކަަމަށް އަލީ ވިދާޅުވިއެވެ.

މިނިވަންކޮށް ހޮވުމަށްފަހު ހުވާކުރުމުގެ ކުރީގައި އެބޭފުޅުން ޕީއެންސީއަށް ސޮއިކޮށްފައިވާ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ގާނޫނު އަސާސީގައި ލިޔެފައިވަނީ މިނިވަން މީހެއްގެ ގޮތުގައި ހޮވުމަށްފަހު ރައްޔިތުންގެ މަޖިލީޙުގެ އުމުރުގެ ތެރޭގައި އެމީހަކު އެހެން ޕާޓީ އަކަށް ސޮއިކޮށްފިނަމަ އެމީހެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ.

ސަރުކާރުގެ ފަރާތުން މެމްބަރު ކަމުގެ ހުވާކުރުމުގެ ކުރިން ޕާޓީއަކަށް ސޮއިކުރި ނަމަވެސް އެކަމުގައި މައްސަލައެއް ނެތް ކަމަށް ބުނި ނަމަވެސް އެކަމުގެ ސަބަބުން އެގާނޫނުގެ މަގުސަދު ގެއްލިގެންދާ ކަމަށް އަލީ ވިދާޅުވިއެވެ.

ގޮނޑިގެއްލޭ އިސްލާޙުގެ ބޭނުމަކީ މަޖިލީހަށް މިނިވަން ކޮށް ހޮވޭ މެމްބަރުން މިނިވަން ކަމާއެކު ބޭތިއްބުން ކަމަށް އަލީ ވިދާޅުވިއެވެ. އެހެންކަމުން ހުވާކުރުމުގެ ކުރިން ޕާޓީ ބަދަލު ކުރުމަކީ ގާނޫނު އަސާސީ އާއި ހިލާފުވުން ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk