logo
އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު / ފޮޓޯ: ރައީސް އޮފީސް

އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު / ފޮޓޯ: ރައީސް އޮފީސް

މިނިވަން ވިޔަފާރީގެ ދަށުން ޗައިނާގެ އިންވެސްޓަރުންނަށް ރާއްޖޭގައި ވިޔަފާރިކުރެވޭނީ ވަކި ޝަރުތުތަކަކާއެކު: ވަޒީރު ސައީދު

profile

މުޙައްމަދު ފަޟްލޫން - 20 އޭޕްރީލު 2026 - 04:56

މިނިވަން ވިޔަފާރީގެ ދަށުން ޗައިނާގެ އިންވެސްޓަރުންނަށް ރާއްޖޭގައި ވިޔަފާރިކުރެވޭނީ ވަކި ޝަރުތުތަކަކާއެކު ކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މަޖިލީހުގައި ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ޗައިނާ އާއި ރާއްޖެ އާއި ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެގްރީމެންޓްގެ ދަށުން ރެސްޓޯރެންޓް ވިޔަފާރި ބޭރުގެ ފަރާތްތަކަށްވެސް ރާއްޖޭގައި ހިންގޭނެ ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަކުރެވިގެން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމްކުރުމުގެ ކުރިން ދިވެހިރާއްޖޭގެ ސިނާއަތްތަކުގެ ތަޖުރިބާކާރުންނާއި ސަރުކާރުގެ ކަމާއި ގުޅުންހުރި އޭޖެންސީ ތަކާއި ސްޓޭކްހޯލްޑަރުންނާއި ހުރިހާ ފަންތިއެއްގެ ވިޔަފާރިވެރިން ޝާމިލްކޮށްގެން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

2015 ވަނަ އަހަރު މަޝްވަރާކުރެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2017 ވަނަ އަހަރުގެ ކަމަށްވުމާއެކު އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ އިގްތިސާދީ ވުޒާރާ އިން ޝާއިޢުކުރި ފޮރިން އިންވެސްޓްމެންޓް ޕޮލިސީ ތަކާއެކު ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރެސްޓޯރެންޓް ވިޔަފާރިއަކީ ދިވެހިންނަށް ހާއްސަ ކުރެވިފައިވާ ވިޔަފާރިއެއްގޮތުގައި ކަނޑައެޅިފައިވީ ނަމަވެސް ބައިނަލްއަގްވާމީ ފްރެންޗައިޒްތަކަށް ފޮރިން އިންވެސްޓްމެންޓް ސިޔާސަތުގައިކަނޑައަޅާފައިވާ ފަދައިން ވަކި އުސޫލެއްގެ ތެރެއިން ހަރަކާތްތެރިވެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމަ އެފަދައިން ބައެއް ރިސޯޓްތަކާއި އެއަރޕޯޓްތައް ހިމެނޭ ސަރަހައްދުތަކުގައި ވެސް ފްރެންޗައިޒް ތައް ހަރަކާތްތެރިވުމަށް ފުރުސަތު ލިބޭ ކަމަށްވސް ވަަޒީރު ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk