logo

ޖަޕާނު ސަރުކާރުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފި

profile

މުޙައްމަދު ފަޟްލޫން - 25 ޖޫން 2026 - 13:51

ޖަޕާނު ސަރުކާރުގެ އެހީގައި ރާއްޖެއަށް ފޯރުކޮށްދިން 'ފޭޝަލް ރިކޮގްނިޝަން ސިސްޓަމް ރަސްމީކޮށް ދިވެހި ސަރުކާރާ މިއަދު ހަވާލުކޮށްފިއެވެ.

https://wamco.com.mv/

މިއީ ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްޓަކައި ޖަޕާނު ސަރުކާރުން ހަދިޔާކުރި ނިޒާމެކެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް ގެ ކޯޕަރޭޓް ހޯލްގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ދިވެހި ދައުލަތުގެ ފަރާތުން މި ސިސްޓަމާ ހަވާލުވެވަޑައިގަތީ ދާހިލީ ވަޒީރު ޢަލީ އިޙްސާންއެވެ.

ޖަޕާނު ސަރުކާރުގެ ފަރާތުން މި ސިސްޓަމް ހަވާލުކޮށްދެއްވީ އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯއެވެ.

މި ރަސްމިއްޔާތުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ރިޓަޔަރޑް އަޙްމަދު ފަސީހްގެ އިތުރުން، ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު އާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އަދި ޖަޕާނު ސަރުކާރުގެ އިސް މަންދޫބުން ބައިވެރިވެވަޑައިގަތެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، މި ސިސްޓަމްގެ ސަބަބުން ރާއްޖޭގެ ވައިގެ ބަނދަރުތަކުން ދަތުރުކުރާ ފަސިންޖަރުންގެ މަޢުލޫމާތު އަވަސްކަމާއެކު ސާފުކުރުމަށާއި، ބޯޑަރު ހުރަސްކުރާ ފަރާތްތަކުގެ އައިޑެންޓިޓީ ކަށަވަރުކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk