
އެސްޓީއޯގެ ބޭސް ފިހާރަތައް ބަންދުކޮށްފި

މުޙައްމަދު ފަޟްލޫން - 25 ޖޫން 2026 - 13:51
މާލެއާއި އަތޮޅުތަކުގައި ހުރި އެސްޓީއޯގެ ފާމަސީތަކުގެ ހިންގުން "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން" ގެ ދަށަށް ބަދަލުކުރުމަށްޓަކައި، އިންވެންޓްރީ ނެގުމުގެ މަސައްކަތަށް އެ ފާމަސީތަކުގެ ހިދުމަތް ތިން ދުވަހުގެ މުއްދަތަށް މެދުކަނޑާލައިފިއެވެ.
އެސްޓީއޯއިން މަޢުލޫމާތު ދޭ ގޮތުގައި، އިއްޔެއިން ފެށިގެން ބަންދުކުރި މި ފާމަސީތަކުގެ ޚިދުމަތް މިއަދާއި މާދަމާވެސް މެދުކެނޑިފައި ހުންނާނެއެވެ. ނަމަވެސް، ކުއްލި ނުވަތަ އެމާޖެންސީ ޙާލަތްތަކުގައި ބޭސް ލިބޭނެ އިންތިޒާމްތައް އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ.
ފާމަސީތައް ބަންދުކުރުމާ ގުޅިގެން ބޭސް ހޯދުމުގައި އާންމުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާތީ، ގިނަ ބަޔަކު ދަނީ އެކަމުގެ ޝަކުވާ ކުރަމުންނެވެ. ހުޅުމާލޭ ހޮސްޕިޓަލުގައި ހުންނަ ފާމަސީ ބަންދުކޮށްފައިވީ ނަމަވެސް، ހުޅުމާލޭ ފިހާރަބަރީގައި ހުންނަ އެސްޓީއޯ ސެންޓްރަލް ފާމަސީން މިއަދު އަންނަނީ ޚިދުމަތް ދެމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ޖަޕާނު ސަރުކާރުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފި
4 ގަޑިއިރު ކުރިން

ބޭންކުތަކަށް އެމްއެމްއޭ އިން ދޫކުރާ ޑޮލަރު %25 އިތުރުކުރަނީ
4 ގަޑިއިރު ކުރިން

ލ. އަތޮޅުގެ 2 ވަނަ އެއާޕޯޓު އިސްދޫ ކަލައިދޫގައި އަޅަން ނިންމައިފި
6 ގަޑިއިރު ކުރިން

ހުޅުމާލެ ލަކުޑި ޖެޓީ އެޗްޑީސީ އިން މަރާމާތުކުރަން ތައްޔާރުވަނީ
6 ގަޑިއިރު ކުރިން


.gif&w=3840&q=75)