logo

ލ. އަތޮޅުގެ 2 ވަނަ އެއާޕޯޓު އިސްދޫ ކަލައިދޫގައި އަޅަން ނިންމައިފި

profile

މުޙައްމަދު ފަޟްލޫން - 25 ޖޫން 2026 - 12:08

ލ. އަތޮޅުގައި ސަރުކާރުން ތަރައްޤީކުރުމަށް ނިންމަވާފައިވާ ދެވަނަ އެއާޕޯޓް، އެ އަތޮޅު އިސްދޫ ކަލައިދޫގައި އެޅުމަށް މިހާރު ވަނީ ނިންމަވައިފައެވެ.

https://wamco.com.mv/

ހައްދުންމަތީގައި ދެވަނަ އެއާޕޯޓެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫޢެކެވެ.

މިވަގުތު ލ. އަތޮޅަށް ވައިގެ ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދެމުންދަނީ ހަމައެކަނި ކައްދޫ އެއާޕޯޓުންނެވެ.

ލ. އަތޮޅަކީ ގުދުރަތީ ރީތިކަމާއި، ތާރީހީ މުއްސަނދިކަން ލިބިފައިވާ، އިގްތިސާދީ ބޮޑެތި ފުރުސަތުތަކެއް އޮތް އަތޮޅެކެވެ.

ހައުސިންގ މިނިސްޓްރީ އިން ސޯޝަލް މީޑިއާގައި މިއަދު ޢާއްމުކުރި ވީޑިއޯއެއްގައި ހާމަކޮށްފައިވާ ގޮތުގައި، ލ. އަތޮޅުގެ ރައްޔިތުން އެންމެ ބޮޑަށް އެދެމުންދަނީ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާވެ،

ލ އަތޮޅުގައި ސަރުކާރުން އަޅާ ދެވަނަ އެއަރޕޯޓް އެ އަތޮޅުގެ އެންމެ އުތުރުން އިސްދޫ ކަލައިދޫގައި އެޅުމަށް ވަނީ ނިންމާފައެވެ.

އިސްދޫ ކަލައިދޫއަކީ ބިމުގެ ގޮތުން ތަނަވަސް، ބޮޑު އާބާދީއެއް ދިރިއުޅޭ ރަށެކެވެ.

މިހާރު އެ ރަށުން ކައްދޫ އެއާޕޯޓަށް ދިއުމަށް ގާތްގަނޑަކަށް 45 މިނެޓު ހޭދަވާއިރު، އައު އެއާޕޯޓާއެކު އިސްދޫ އާއި ކަލައިދޫގެ އިތުރުން ދަނބިދޫ އަދި މާބައިދޫގެ ރައްޔިތުންނަށްވެސް ދަތުރުފަތުރުގައި ނުހަނު ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk