
ހުޅުމާލެ ލަކުޑި ޖެޓީ އެޗްޑީސީ އިން މަރާމާތުކުރަން ތައްޔާރުވަނީ

މުޙައްމަދު ފަޟްލޫން - 25 ޖޫން 2026 - 12:08
ހުޅުމާލޭގެ ލަކުޑި ޖެޓީއަށް ލިބުނު ގެއްލުންތައް މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެޗްޑީސީ އިން ތައްޔާރުވާން ފަށައިފިއެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި ހުޅުމާލޭ ފަޅަށް ވަތް ބާޖަކުން ޖެހި، ލަކުޑި ޖެޓީގެ އުތުރު ފާލަމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މި ހާދިސާއާ ގުޅިގެން، ޖެޓީ ބޭނުންކުރާ ފަރާތްތަކާއި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެޗްޑީސީން ވަނީ އެ ސަރަހައްދު ވަގުތީގޮތުން ބަންދުކޮށް، ފާލަން ބޭނުންކުރުން މަނާކޮށްފައެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، ޖެޓީއަށް ލިބިފައިވާ ގެއްލުންތައް ވަޒަންކޮށް، އަލުން ބޭނުންކުރެވޭ ފެންވަރަށް ގެނައުމަށްޓަކައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މި މަސައްކަތުގެ ސަބަބުން ޖެޓީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ ކޯޕަރޭޝަނުން ވަނީ މައާފަށް އެދިފައެވެ.
އެޗްޑީސީގެ އަމާޒަކީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ އާންމު ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
ހުޅުމާލޭ ލަކުޑި ޖެޓީއަކީ ފަޅުގައި އަޅާފައި އޮންނަ ސަފާރީތަކަށް މީހުންނާއި މުދާ އެރުވުމުގެ އިތުރުން، އަތޮޅުތެރެއިން ހުޅުމާލެއަށް ދަތުރުކުރާ ލޯންޗުފަހަރުންވެސް ބޯޓަށް އަރާ ފޭބުމަށް އާންމުކޮށް ބޭނުންކުރާ މުހިންމު ސަރަހައްދެކެވެ.
ގުޅުން ހުރި ޙަބަރުތައް

ޖަޕާނު ސަރުކާރުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފި
4 ގަޑިއިރު ކުރިން

އެސްޓީއޯގެ ބޭސް ފިހާރަތައް ބަންދުކޮށްފި
4 ގަޑިއިރު ކުރިން

ބޭންކުތަކަށް އެމްއެމްއޭ އިން ދޫކުރާ ޑޮލަރު %25 އިތުރުކުރަނީ
4 ގަޑިއިރު ކުރިން

ލ. އަތޮޅުގެ 2 ވަނަ އެއާޕޯޓު އިސްދޫ ކަލައިދޫގައި އަޅަން ނިންމައިފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)