
ދިއްލީ، ރެޑް ފޯޓުގައި ކާރެއް ގޮވުމުގެ ހާދިސާ: އިންޑިއާގެ 3 ސްޓޭޓުގެ ސެކިއުރިޓީ ވަރުގަދަކޮށްފި

މުހައްމަދު މުޝްރިފް - 10 ނޮވެމްބަރު 2025 - 15:37
ދިއްލީގެ ރެޑް ފޯޓު މެޓްރޯ ސްޓޭޝަން ކައިރީގައި ޕާކުކޮށްފައި އޮތް ކާރަކަށް ދިން ބާރުގަދަ ބޮމުގެ ހަމަލާއެއްގެ ސަބަބުން، ދިއްލީ، އުއްތަރު ޕްރަދޭޝް، އަދި މަހާރާޝްޓްރާގައި ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަ ކޮށްފިއެވެ. ފުލުހުންގެ އިދާރާއިން ވަނީ މިތިން ސަރަހައްދުގައި ހުންނަ ނާޒުކުކަން ބޮޑު ތަންތަނާއި، އެތެރެއަށް ވަދެ ނުކުންނަ މަގުތަކާއި، ބޯޑަރު ސަރަހައްދުތަކުގައި ސެކިއުރިޓީ އިތުރަށް ވަރުގަދަ ކޮށްފައެވެ. މިހާރު ވެސް މުޅި ދިއްލީ ވަނީ ހައި ސެކިއުރިޓީ އެލާޓެއް ގައެވެ.
ހާދިސާ ހިނގުމާއެކު ދިއްލީ ފުލުހުންގެ ޓީމުތަކުގެ އިތުރުން، އިންޑިއާގެ ޤައުމީ ތަޙްޤީޤީ އެޖެންސީ (NIA) އަދި ނޭޝަނަލް ސެކިއުރިޓީ ގާޑް (NSG) ގެ ޓީމުތައް ވަނީ ހާދިސާ ހިނގި ސަރަހައްދަށް ގޮސް ވަގުތުން ތަހުގީގުތައް ފަށާފައެވެ. މެޓްރޯ ސްޓޭޝަންގެ ގޭޓު ނަންބަރު 1 ކައިރީގައި ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމަކަށް ރިޕޯޓުކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ސަރަހައްދުގައި ހުރި ތިން ހަތަރު ވެހިކަލްގައި އަލިފާން ރޯވެ ގެއްލުންތައް ލިބިފައިވެއެވެ. ބޮންގޮވަން ދިމާވީ ސަބަބެއް އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން


