
އީރާނު އެމްބަސީން ނަޝީދަށް ރައްދު

ރިޟްވާން މޫސާ - 12 ޖެނުއަރީ 2026 - 14:48
ސްރީލަންކާގައި ހުންނަ އީރާނުގެ އެމްބަސީން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދީފި އެވެ.
ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ އީރާނުގެ ރައްޔިތުން މިހާރު މަގުތައްމައްޗަށް ނުކުމެ އިހުތިޖާޖުކުރަމުން އަންނަނީ އަބުރުވެރިކަން ހޯދުމަށާއި، ބޮޑުވަމުން އަންނަ ދިރިއުޅުމުގެ އަގުތަކާއި ދެކޮޅަށާއި، އެތައް ޒަމާނެއްވަންދެން އެ ރައްޔިތުންގެ ހައްގުތައް އޮބަހައްޓައިފައި އޮތް އޮތުމާ ދެކޮޅަށް ކަމަށް ވިދާޅުވެފައެވެ.
ނަޝީދު ވަނީ އީރާނުގައި ވެސް ތީބީ މުސްލިމު އަޚުންނާއި އުޚުތުންކަމަށާއި، މުސްލިމުންނާއި، ބައިނަލްއަގުވާމީ މުޖުތަމައު އީރާނުގެ ސަރުކާރު ދިފާއުނުކޮށް، އީރާނުގެ ރައްޔިތުންގެ ފަޅީގައި ސާބިތުވެތިބުމަށް ގޮވައިލައްވާ ކަމަށެވެ.
ނަޝީދުގެ އެ ވާހަކަތަކަށް ސްރީލަންކާގައި ހުންނަ އީރާނު އެމްބަސީން ވަނީ ވަރަށް ދިގު ރައްދެއް ދީފައެވެ.
ރައްދުގައި ވަނީ، މިދިޔަ ޖޫން މަހު ހިނގި 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ޒަޔަނިސްޓު ބާރުތަކުން އީރާނުގެ ސިޓީތަކަށާއި، އާންމު ރައްޔިތުންނަށާއި، އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދިން ކަމަށެވެ.
އީރާނުގެ ރައްޔިތުންނަށް އަމާޒުކޮށް ދިން މި ހަމަލާތަކާއި ލާއިންސާނީ އަމަލުތަކުގެ ސަބަބުން ފިރިހެނުންނާއި، އަންހެނުން އަދި ކުޑަކުދިން ހިމެނޭހެން ހާހަކަށްވުރެ ގިނަ މީހުން މަރުވި ކަމަށް ބުނެފައިވެ އެވެ.
އީރާން އެމްބަސީން ބުނި ގޮތުގައި ޒަޔަނިސްޓުންގެ އެ ހަމަލާތަކާ ދެކޮޅަށް އީރާނުގެ ރައްޔިތުން ދައްކަމުންދިޔަ ސާބިތުކަމާ އެކު ވެސް، އެމެރިކާގެ އެހީތެރިކަމާއެކު ހަމަލާތައް އިތުރަށް ވަރުގަދަކުރި ކަމަށެވެ.
އީރާނުގައި މިހާރު ހިނގަމުން އަންނަ މުޒާހަރާތަކަކީ އިގުތީޞާދީ ގޮތުން އެ ގައުމު މިހާރު އޮތް ދަށް ހާލަތުގެ ސަބަބުން ކުރިއަށްދާ ހަމަނުޖެހުންތަކެކެވެ. ނަމަވެސް، މި މުޒާހަރާތަކުގެ ފަހަތުގައިވާ ކަމަށް އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީއާއި ރައީސް މަހްމޫދު ޕެޒެޝްކިއާންގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލުން ތުހުމަތުކުރަނީ އެމެެރިކާއާއި އިޒްރާއިލެވެ. މިއީ 2023ވަނަ އަހަރަށް ފަހު އެ ގައުމުގައި ހިނގާ އެންމެ ބޮޑު މުޒާހަރަތަކެވެ.
މި މުޒާހަރާގެ ބައިވެރިން ބޭނުންވަނީ އިރާނުގައި އިސްލާމީ ދައުލަތް ވައްޓާލައި، ޔަހޫދީންނަށް ތާއީދުކުރާ ވެރިކަމެއް ގާއިމުކޮށް އިސްރާއީލާއި އެމެރިކާ ގުޅުން ބަދަހި ކުރުމަށެވެ. އެގޮތުން މުޒާހަރާކޮށް ވަނީ އިރާނުގެ ބައެއް މިސްކިތްތަކަށް ގެއްލުންދީ ކީރިތި ގުރުއާން ގެ މުސްހަފްތަކެއްގައި ހުޅުވެސް ޖަހާފަ އެވެ.
އީރާނު އެމްބަސީގެ ޕޯސްޓު ނިންމާލަމ،ުން ރައީސް ނަޝީދަށް ރައްދުދެއްވައި ސުވާލުކޮށްފައިވަނީ މިހާލަތުގައި ރައީސް ނަޝީދު ތިޔަ ހުންނެވީ ކޮން ފަޅިއެއްގައިތޯ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

"މެދުއިރުމަތީ ހަނގުރާމަ" ސައުދީ އަށް ދިން ހަމަލާގައި ދެ މީހަކު މަރު
3 މިނިޓު ކުރިން

ކަނޑުގެ ސަރަހައްދު މޮރިޝަސް އަށް ދިނީ އެދިގެނެއްވެސް ނޫން، އެއީ ބޮޑު ހިޔާނާތެއް!
4 ގަޑިއިރު ކުރިން

ލޯކަލް ކައުންސިލާ ގުޅުވައި އެމްޑީޕީގެ މެނިފެސްޓޯ ނެރެފި
4 ގަޑިއިރު ކުރިން

މެދު ރާއްޖެތެރެއަށް ވައި ނުސާފުވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)