logo

"މެދުއިރުމަތީ ހަނގުރާމަ" ސައުދީ އަށް ދިން ހަމަލާގައި ދެ މީހަކު މަރު

profile

ރިޟްވާން މޫސާ - 09 މާރިޗު 2026 - 12:16

މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމަ އާއި ގުޅިގެން އީރާނުން ހަމަލާތައް ދެމުން އަންނަ އެމެރިކާގެ އަސްކަރީ ތަންތަނުގެ ތެރެއިން ސައުދީ އަރަބިއްޔާގެ އަލް ޚަރްޖް ސިޓީގައި ހުންނަ މީހުން ދިރިއުޅޭ އިމާރާތަކަށް އިއްޔެ ހަމަލާއެއް އަމާޒުވެ ދެ މީހުން މަރުވެއްޖެއެވެ.

https://wamco.com.mv/

ސައުދި އަރަބިއްޔާގެ ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ އަލް ޚަރްޖުގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް އަމާޒުވެ، ދެ މީހުން މަރުވެ، 12 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

އީރާނުން މީގެ ކުރިން ބުނެފައި ވަނީ އެމެރިކާ ސިފައިން ބޭނުންކުރާ ޕްރިންސް ސުލްތާން އެއާބޭސް ހުންނަ އަލް ޚަރްޖް ގަވަރު ނަރޭޓް ހިމެނޭ ގޮތަށް ތަންތަނުގެ ރާޑަރު ސިސްޓަމްތަކަށް ހަމަލާ އަމާޒުކޮށްފައިވާ ކަމަށާއި ފާއިތުވި ހަފުތާގައި އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ތަކުރާރުކޮށް ހަމަލާތަކެއް ދީފައިވާ ކަމަށެވެ.

ހަނގުރާމަ މުޅި ސަރަހައްދަށް ފެތުރެމުން އަންނައިރު، ސައުދީގެ ދިފާއީ ވުޒާރާއިން އިއްޔެ ވަނީ ވެރިރަށް ރިޔާޟުގެ ޑިޕްލޮމެޓިކް ކުއާޓަރަށް ހަމަލާދޭން އުޅުނު 15 ޑްރޯން ހުއްޓުވާފައެވެ.

ކުވޭތުންވެސް ވަނީ އެ ގައުމުގެ ބައިނަލްއަގްވާމީ އެއާޕޯޓުގެ ތެޔޮ ޓޭންކްތަކަށް ހަމަލާއެއް ދީފައިވާ ކަމަށް ބުނެފައެވެ. ބަހްރެއިންގެ ފެން އުފައްދާ ކާރުޚާނާއަކަށްވެސް ހަމަލާ އަމާޒުވުމުން ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk