
ރާއްޖެއަށް މި އަންނަނީ ބަހާރު މޫސުމެއް- ނަރީޝް

ރިޟްވާން މޫސާ - 12 ޖެނުއަރީ 2026 - 07:00
ރާއްޖެ މި ދެކޭ ތަރައްގީ އާއި، ލޯކަލް ކައުންސިލް އިންތިހާބަސް އަމާޒުކޮށް ރާއްޖެއަށް މި އަންނަނީ ބަހާރު މޫސުމެއް ކަމަށް އެޑްވައިޒަ ޓުދަ މިނިސްޓަރ އޮފް ޔޫތު އެންޑް އާޓްސް އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.
އަސްލު ޓީވީގެ ބާބު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ނަރީޝް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ ރާޢްޖޭގެ ރައްޔިތުންނަށް ވަރަށް މުހިންމު އިންތިހާބެއް ކަމަށައި، ހާޢްސަކޮށް ދިވެހިރާއްޖޭގެ ތަރައްގީއަށް ފެށިފައިވާ ތަރައްގީގެ މަޝްރޫއުތައް ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.
ނަރީޝް ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ރަށްތަށަށް ވަޑައިގެން ވަރަށް ގިނަ ތަރައްގީގެ މަޝްރޫތައް ފަށްޓަވައިދެއްވާފައިވާ ކަމަށާއި، އަމަލީ މަސައްކަތްތައްވެސް މަސައްކަތްތައް އަދާއި ހަމައަށް ހިނގަމުން އަންނަ ގޮތް ލަސްނުކުރައްވައި ބައްލަވަމުން ގެންދަވާ ކަމަށެވެ.
ނަރީޝް ވިދާޅުވީ ސަރުކާރުން އިތުރު މަޝްރޫއުތަކުގައި ސޮއި ކުރެވި މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށާއި، މި ފެންނަނީ ރައްޔިތުންނަށް ތަރައްގީގެ ރޮނގުގައި ބަހާރު މޫސުމެއް ކަމަށެވެ.
"އިތުރު މަސައްކަތްތަކުގަ މަޝްރޫއުތަކުގަ ސޮއިކުރަމުންއެކަންކަން އިއުލާނުކުރަމުން ސަރުކާރުން މިދާ ދަނޑިވަޅެއް މިއޮތީ. އަނެއްހެން ބުނާ ކަމަށް ވަންޏާ ދިވެހި ރާއްޖޭގެ ތަރައްގީގެ ބަހާރު މޫސުމެއް މި ގައުމަށް އަންނަމުންދާ ދަނޑިވަޅެއް." ނަރީޝް ވިދާޅުވި އެވެ.
ނަރީޝް ވިދާޅުވީ ކައުްނސިލް ތަކަކީ ރާއްޖޭގަ މި ހިނގާ މަޝްރޫއުތަކަށް ވަރަށް މުހިންމު ޒިންމާއެއް އަދާކުރަންޖެހޭ ފަރާތެއް ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ކައުްނސިލް ތަކަކީ ސަރުކާރު ޖަވާބުދާރީ ކުރަން އޮންނަ ފަރާތެއް ނޫން ކަމަށާއި، ގިނަ ސިިޔާސީ ފަރާތްތަކަށް އެކަން އެގޮތައް ހީވި ކަމުގައިވިނަމަވެސް ކައުންސިލް ތަކަިކީ އެކައުންސިލް ތަކުގެ އިހުތިސޯސް އޮންނަ ކަންކަމާއި، ރައްޔިތުންގެ ތަރައްގީއަށް އެ ރަށްތަކުގައި ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދޭން އޮންނަ ބައެއް ކަމަށޭވެ.
ގުޅުން ހުރި ޙަބަރުތައް

މަނީލޯންޑަރިންގެ ބޮޑެތި ވައްކަންތަކެއް- 53 ބޭންކް އެކައުންޓް ފްރީޒްކޮށްފި
7 ގަޑިއިރު ކުރިން

ވޯޓު މަރުކަޒުތަކަށް އޮފިޝަލުން ތަމްރީނުކުރުން- ހުވަދުއަތޮޅު ދެކުނުބުރީގެ ޕްރޮގްރާމުތައް
8 ގަޑިއިރު ކުރިން

އީރާނު އެމްބަސީން ނަޝީދަށް ރައްދު
12 ގަޑިއިރު ކުރިން

ސްޓެލްކޯގެ މަގާމުތަކަށް ކުއްލި ބަދަލެއް- އަަޒްހަދުވެސް ވަކިކޮށްފި
ދުވަހެއް ކުރިން


