
ސްޓެލްކޯގެ މަގާމުތަކަށް ކުއްލި ބަދަލެއް- އަަޒްހަދުވެސް ވަކިކޮށްފި

ރިޟްވާން މޫސާ - 11 ޖެނުއަރީ 2026 - 19:33
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން އަހްމަދު ޝަމާހު ރަޝީދު މިއަދު ވަކިކުރިތާ ގަޑިއިރުތަކެއް ފަހުން އެ ކުންފުނީގެ ޕްރޮކިއުމަންޓް ހެޑް، އަޒްހަދު ރަމީޒް ވެސް މަގާމުން ވަކިކޮށްފި އެވެ.
އެމްޑީ ކަމުގެ މަގާމުން ސަމާހު މިއަދު ވަކިކުރިއިރު އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އޯޑިއޯއެއް މީސް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.
ލީކުވެފައިވާ އޯޑިއޯގައި ޝަމާހު ކުންފުނީގެ އެތެރޭގައި "ކުރަން އުޅުނު ކަންތައްތައް" އެނގޭނީ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު އަޒްހަދާއި އިތުރު އެހެން މީހަކަށް ކަމަށް ބުނެއެވެ. ނަމަވެސް އެއީ ޝަމާހު ކަމެއް ޔަގީނެއް ނޫނެވެ.
އެނގިފައިވާ ގޮތުގައި އަޒްހަދުގެ ބަދަލުގައި ސްޓެލްކޯގެ ޕްރޮކިއުމަންޓްގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ބިއުރޯ ހެޑް އަސްފާ ހުސައިންއާ އެވެ.
ސްޓެލްކޯގެ މަގާމުތަކަށް މިއަދު ގެނެސްފައިވާ ކުށްލި ބަދަލުތަކާއިއެކު މިހާރު އެކުންފުނީގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ޑީއެމްޑީ އަޒްވަރާ ކަމަށް އެނގިފައި ވެ އެވެ. އަޒްވަރު އެ ކުންފުންޏާ ގުޅިވަޑައިގަތީ 1997 ގަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ސްޓެލްކޯގެ އެމްޑީ ވަކިކުރުމާއެކު ބަދުނާމު އޯޑިޔޯތަކެއް ދައުރުވާން ފަށައިފި
5 ގަޑިއިރު ކުރިން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނަސް އެލަވަންސް ލިބޭނެ- މިނިސްޓަރު
5 ގަޑިއިރު ކުރިން

ދިއްދޫ ބިން ހިއްކު ކުރިއަށް- 21 ހެކްޓަރު ހިއްކައިފި
9 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ ވަބާގައި ދިހަ ހާސް މީހުން
10 ގަޑިއިރު ކުރިން


