
ސްޓެލްކޯގެ އެމްޑީ ވަކިކުރުމާއެކު ބަދުނާމު އޯޑިޔޯތަކެއް ދައުރުވާން ފަށައިފި

ރިޟްވާން މޫސާ - 11 ޖެނުއަރީ 2026 - 19:16
ސްޓެލްކޯގެ ކުރީގެ އެމްޑީ އަހުމަދު ސަމާހު ސްޓެލްކޯއިން ވަކިކުރުމާއެކު އޭނަގެ މައްޗަށް ތުހުމަތު ކުރެވޭ ބަދުނާމު އޯޑިޔޯތަކެއް މީސް މީޑިޔާގައި ދައުރުވާން ފަށައިފި އެވެ
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ބުނީ، ޝަމާހު ވަކިކުރީ މިއަދުން ފެށިގެން ކަމަށެވެ. ނަމަވެސް އޭނާ ވަކިކުރި ސަބަބާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަނުކުރެއެވެ.
މި ސަރުކާރުގައި ޝަމާހުއަށް ފުރަތަމަ ދިނީ މިފްކޯގެ ސީއީއޯ ކަމުގެ މަގާމެވެ. އެ މަގާމުން އޭނާ ވަކިކުރީ 2024 ވަނަ އަހަރުގެ މެއި 21 ގައެވެ. ޝަމާހު މަގާމުން ވަކިކުރުމުގެ ކުރިން، އޭނާ ދެ ފަހަރެއްގެ މަތިން ސަސްޕެންޑުވެސް ކުރި އެވެ. އޭނާގެ ސަސްޕެންޝަން އުވައިލަން ޕީސީބީން ނިންމީ އެޕްރީލް 24 ގައެވެ.
ސަމާހު އާއި ބެހޭ އޯޑިއޯއެެއް މީސް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުވާން ފަށާފައިވާއިރު މި އޯޑިއޯގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮރޮޕްޝަނަށް މަގުފަހިވާފަދަ އަމަލުތައް ހިންގާނެ ވާހަކަ އާއި، ސްޓެލްކޯގެ ވަޒީފާގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބައެއްކަހަލަ އަމަލުތައް ހިންގަން އުޅޭކަމަށް ދޭހަވާ ފަދަ ވާހަކަތަކެއް އަޑުއިވެ އެވެ.
"ސްޓެލްކޯއިން މަގޭ މިކުޅިވަރު އިނގޭނެ ތިބޭނީ ދެމީހަކު. އެއީ އަޒްހަދާ ޝާހިދާ. އެހެން މީހަކު ނުހުންނާނެ. މަގޭ ފިހާރައެއް ހުޅުވާލާނެ ވާހަކަ އޭ ބުނީމަ އެމީހުން މައިންޑުގަ އިންނާނެއޭ އެޔޭ މަޑްރީމް ކުރާ ވަރަކީ. އެޔެެއް ނޫނޭ ސްޓެލްކޯ ކާލަން ، ސްޓެލްކޯ ކާލާނަން." އޯޑިއޯގައި ޝަމާހު ބުނެފައިވާ ބައެއް ވާހަކަތައް.
މި އޯޑިއޯގައި ސްޓެލްކޯގައި ވަޒީފާ އަދާކުރަމުންދާ އަންހެން ކަނބަލުންނަށް ނިސްބަތްކޮށް ބޭއަދަބީ ގޮތައް ދައްކާ ވާހަކަތަކެއްގެ އަޑުވެސް އިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ސްޓެލްކޯގެ މަގާމުތަކަށް ކުއްލި ބަދަލެއް- އަަޒްހަދުވެސް ވަކިކޮށްފި
4 ގަޑިއިރު ކުރިން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނަސް އެލަވަންސް ލިބޭނެ- މިނިސްޓަރު
5 ގަޑިއިރު ކުރިން

ދިއްދޫ ބިން ހިއްކު ކުރިއަށް- 21 ހެކްޓަރު ހިއްކައިފި
9 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ ވަބާގައި ދިހަ ހާސް މީހުން
10 ގަޑިއިރު ކުރިން


