logo

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނަސް އެލަވަންސް ލިބޭނެ- މިނިސްޓަރު

profile

ރިޟްވާން މޫސާ - 11 ޖެނުއަރީ 2026 - 18:36

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިން ކަމުގައިވިޔަސް އެ ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދޭ އެލަވަންސްއަށް ބަދަލެއް ނާންނާނެ ކަމަށައި، އެލަވަންސް ލިބޭނެ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހޯއްދަވައިދެއްވުމަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދު ތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދެވެ.

ރައީސުލް ޖުމްހޫރިއްޔާ ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީވެސް މުހިންމު ބައެއް ކަމަށައި، އެމަނިކުފާނުގެ ވެރިކަމެއްގައި އެއްވެސް ފަރާތެއް ބާކީ ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ސިވިލްސާވިސްގެ އޮނިގަނޑުގެ ތެރެއިން އެފަރާތްތަކަށް ދެވެން ހުރި ވަޒީފާއެއް ދެއްވުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ތައްޔާރުކޮށް ގެނެސްދޭ "ތަރުޖަމާނާއެކު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރ ޑރ. އަޢިޝަތު ޝިހާމް ވިދާޅުވީ މިހާތަނަށް 356 ފަރާތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދެއްވާފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިހާރުވެސް އެކި އިދާރާތަކައި ކައުންސިލްތަކާއި އަދި އެނޫންވެސް ދައުލަތުގެ އެތެރޭގެ ހުރި އެކި މުޢައްސަސާތައް މެދުވެރިކޮށް އިތުރު ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނުމުގަޔާއި މުސާރަ އަދި އިނާޔަތްތައް ދިނުމުގައި ވަޒީފާ އަދާކުރާ އެހެން ފަރާތްތަކޭވެސް އެއްފަދައިން އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވެވި އެވެ.

ސަރުކާރުން ވަނީ މިފަދަ ފަރާތްތަކަށް ވަޒީފާ ފޯރުކޮށްދިނުމުގެ އިތުރަށް ދޭންޖެހޭ ތަމްރީނުތައްވެސް ދެވި ވަޒީފާގެ މާހައުލުގައި ހަރަކާތްތެރި ބަޔަކަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay