logo

މަސްތުވާތަކެތީގެ ވަބާގައި ދިހަ ހާސް މީހުން

profile

ރިޟްވާން މޫސާ - 11 ޖެނުއަރީ 2026 - 13:22

މަސްތުވާތަކެތީގެ ވަބާގައި ދިހަ ހާސް މީހުން އެބަ ތިބި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

https://wamco.com.mv/

މަސްތުވާތަކެތިން ގައުމު ސަލާމަތް ކުރުމަށްޓަކައި ކުރެވޭ މަސައްކަތްތައް ނުހަނު ގިނަ ގުނަކަން މި ފަހަކަށް އައިސް ވަރަށް ބޮޑުކަން ފާހަގަ ކުރެވެ އެވެ.

ގައުމަށް ފެތުރިފައިވާ އެންމެ ނުރައްކާތެރި ބައްޔެއްގެ ގޮތުގައި މަސްތުވާތަކެތި ވެގެން ދާއިރު ނިސްބަތުން ކޮންމެ އާއިލާއެއްގައިވެސް މިކަމުގެ ޝިކާރައަކަށް ވެފައިވާ ކޮންމެސް ފަރާތެއް ހިމެނޭކަމީ މިއަދު ހިތާމަކުރަންޖެހޭ ކަމެކެވެ.

މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް ފަރުވާދޭ މަރުކަޒު ނުވަތަ ނޭޝެނަލް ޑްރަގު އެޖެންސީން ވެސް ދަނީ މަސްތުވާުތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ނުވަތަ މި ތަކެތީގެ ޝިކާރަ އަށް ގޮސްފައިވާ ،މީހުންނަށް ފަރުވާކޮށް އަލުން އެ ފަރަާތްތަކަކީ މުޖުތަމައުގައި މުހިންމު ބަޔަކަށް ހެދުމަށް މަސައްކަތްތަކެއް ކުރަމުން ކަމުގައި ފާހަގަ ކުރަންޖެހެއެވެ.

ޑްރަގް އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ދިހަ ހާސް މީޙުންނަށް ވުރެ ގިނަ މީހުން މިވަގުތު އެބަތިއްބެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އެންޑީއޭގެ ޗެއާޕާސަން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސިއްދީގު ވިދާޅުވީ އާބާދީގެ ނިސްބަތުން ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވަނީ ބޮޑު އާބާދީއެއް ކަމަށެވެ. އެކަމުގެ ތެރޭގައި ޒުވާނުންގެ އިތުރުން ދޮށީ އުމުރުގެ މީހުންވެސް ބައިވެރިވާ ކަމަށް ވިދާޅުވެ ސިއްދީގު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

މީގެއިތުރުން ޑްރަގު ބޭނުންކުރާ ހުރިހާ އެންމެން އެއްފަހަރާ މާލެ ގެނެސްގެން ފަރުވާ ދިނުމަކީ ދައުލަތަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށާއި އަދި މިހާރު ހުރި ނޭޝަނަލް ޑްރަގް އެޖެންސީގެ ފެސިލިޓީތައް ބޭނުންކޮށްގެން އެންމެންނަށް ފަރުވާ ދިނުމުގައި ދަތިތަކެއް ހުރި ނަމަވެސް، އެ ފަރާތްތަކަށް ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވަނީ ފުލުހުންގެ ތަހުގީގު އެމީހަކާ ހިސާބަށް ފޯރުމުން އެކަކަށްވެސް އިތުރު ރަހުމެއް ހަމްދަރުދީ އެއް އިސްތިސްނާއެއް ނޯންނާނެ ކަމަށާއި ހަމައެކަނި އޮންނާނީ ހަރުކަށި ގާނޫނީ ފިޔަވަޅު ކަމަށެވެ.

މަސްތުވާތަކެތީގެ މި ނެޓްވޯރކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދާ ބޮޑު ނެޓްވޯކެއް ފުލުހުން ހޯދައި ފާއިތުވި 5 އަހަރު މި ނެޓްވޯރކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެން ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މިވަގުތު ރާއްޖޭގެ 9 ސަރަޙައްދެއްގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު އަންނަނީ ހިންގަމުންނެވެ. މިދިޔަ އަހަރު ފަހުކޮޅު ރައީސް އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ނ.ވެލިދޫ އަދި ލ.އަތޮޅުގައިވެސް ރިހެބް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ފަށާފަ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ރައީސްގެ އިރުޝާދުގެ ދަށުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން އަންނަ ބޮޑުން ހައްޔަރުކޮށްފަ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay