
މާލެ ސަރަހައްދާއި، ގއ.އަތޮޅަށް ފުލުހުންގެ ޑްރަގު އޮޕަރޭޝަންތަކެއް

ރިޟްވާން މޫސާ - 11 ޖެނުއަރީ 2026 - 07:09
މާލެ ސަރަހައްދާއި، ގއ.އަތޮޅަށް ހާއްސަ ފުލުހުންގެ އޮޕަރޭޝަންތަކެއް މިއަދު ހެނދުނު ފަށައިފި އެވެ.
މަސްތުވާތަކެތީގެ މައްސަލަތައް މަދުކުރުކުރުމަށް ފުލުހުންގެ މުއައްސަސާއިން ކުރެވެމުން އަންނަ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ފުލުހުން ވަނީ "އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި ވަރުގަދަ އޮޕަރޭޝަނެއް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފަށާފަ އެވެ.
މިއީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ ނެޓްވޯކްތައް ހުއްޓުވައި ގާނޫނީ ފިޔަވަޅު އެޅުމަށް ފަށާފައިވާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ތުހުމަތު ކުރެވޭ މީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށްދާނެ ކަމަށް ފުލުހުން ބުނެ އެވެ.
މިއަދުގެ އޮޕަރޭޝަން ކުރިއަށް ގެންދަނީ ސައުތު ޕޮލިސްގެ ހާއްސަ ޓީމުތަކާއި އިންޓެލިޖެންސާއި ޑްރަގް އެންފޯސްމެންޓު ވިންގު ގުޅިގެންނެވެ.
މި އޮޕަރޭޝަންގައި މީގެ ކުރިން ފުލުހުން ވަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި މި އޮޕަރޭޝަން ހިންގައި މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރާ މީހުންގެ އިތުރުން އެފަދަ އަމަލުތައް ހިންގަފާނެ ކަމަށް ލަފާުރެވޭ ތަންތަނާއި އެފަދަ މީހުން ދިރިއުޅޭ ބައެއް ތަންތަން ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއި، ފައިސާ އަތުލައިގެންފަ އެވެ.
ފުލުހުން ވިދާޅުވީ މިދިޔަ ނޮވެމްބަރ މަހުގެ ތެރޭގައި ރާއްޖޭގެ 5 ސަރަހައްދެއްގެ 39 ރަށެއްގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި 500 ފުލުހުން ބައިވެރިވި ކަމަށެވެ. އަދި 105 ތަނެއް ބަލައި ފާސްކުރުމަށްފަހު 110 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން 1 ކަނޑު އުޅަނދާއި 9 އެއްގަމު އުޅަނދުވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ.
ފުލުހުން ވިދާޅުވީ އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރެއިން 61 މީހެއްގެ ކުޑަކަމުދާ ތަކެތި ޓެސްޓް ކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ މީހުން ކޯޓަށް ހާޒިރުކުރުމުން 38 މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯޓާސް ލިސްޓަށް 128 ޝަކުވާއެއް
7 މިނިޓު ކުރިން

މަސްތުވާތަކެތީގެ މައްސަލަ ހައްލު ގެނައުމަށް ސަރުކާރުގެ އޮތީ ހެޔޮ ނިޔަތެއް: އެންޑީއޭގެ ޗެއާމަން
3 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ ވަބާގައި ދިހަ ހާސް މީހުން
3 ގަޑިއިރު ކުރިން

އެކަނިވެރި ބެލެނިވެރިންނަށްދޭ އެލަވަންސަކީ ކުރެވޭ އިންވެސްޓްމެންޓެއް: މިނިސްޓަރު ޢާއިޝަތު ޝިހާމް
3 ގަޑިއިރު ކުރިން


