logo
އިދިކޮޅު މައި ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ސީއެންއެމް

އިދިކޮޅު މައި ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ ސީއެންއެމް

އިންތިހާބަށް އިލެކްޝަނުން ނުފޫޒުފޯރުވާން މަސައްކަތްކުރޭ: އެމްޑީޕީ

profile

ރިޟްވާން މޫސާ - 22 ޖެނުއަރީ 2026 - 17:27

އިލެކްޝަންސް ކޮމިޝަނުން އިންތިހާބަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ތުހުމަތުކޮށްފި އެވެ.

https://wamco.com.mv/

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިލިގިލީ ދާއިރާގެ ރައީސް ހުސެއިން ހަސަން ވިދާޅުވީ އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުންނަށް ތާއީދުކޮށް އީފާސް މެދުވެރިކޮށް ތާއީދު ދިނުމުން އެ މައުލޫމާތު ވަގުތުން ޕީއެންސީއަށް ދޭ ކަމަށެވެ.

ހުސެއިން ވިދާޅުވީ ކެންޑިޑެންސީ ފޯމު ހުށަހެޅުމަށް މިފަހަރު ހުޅުވާލާފައިވާ ޕޯޓަލް އަށް ވެރިކަންކުރާ ޕީއެންސީއަށް އެކްސެސް އޮތް ކަމަށެވެ.

ހުސެއިން ތުހުމަތުކޮށްފައިވަނީ އިލެކްޝަނުން ކޮމިޝަނުން ޕީއެންސީއާއެކު ސިއްރު ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިފަދަ ކަންކަމަކީ އެއްެވްސް ވަރަކަށް ގަބޫލުކުރެވޭނެ އަދި ބަލައިގަނެވޭނެ ފަދަ ކަންކަން ނޫން ކަމަށެވެ. އެހެން ކަމުން އިންތިހާބަށް އިލެކްޝަނުން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ބެލެވޭ ކަމަށެވެ.

އެމްޑީޕީން ވަނީ އެޕާޓީން ކުރިމަތިލާ ކެންޑިޑޭޓުންގެ ކެންޑިޑޭންސީ އާއި ގުޅިގެން ގޮތެއް ނިންމުމަށް އެ ކޮމިޝަން ފަސް ދުވަސް ނަގާކަމަށާއި އެ ކަމުގެ ސަބަބުން ރަނގަޅު ކުރަންޖެހޭ ބައިތައް ރަނގަޅުކޮށްގެން އަލުން ފޯމު ހުށައަޅަން ލިބޭ ވަގުތުތައް ވަރަށް ބޮޑަށް ކުޑަ ވެގެން ދާނެ ކަމުގައި އެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމަށް މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ހުޅުވާލާފައިވާ ކަމަށާއި، އިންތިހާބުގައި ބައިވެރި ވުމަށް އެދި ހުށައަޅާ ފަރާތްތަކުން ފޯމު ހުސައެޅުއްވުމުން ފަސް ދުވަހުގެ ތެރޭގައި އެކޮމިޝަނުން ފޯމު ބަލައިގަތުމަށްފަހު ޖަވާބުދެއްވާނެ ކަމަށެވެ.

އިލެކްޝަނުން ވަނީ ކޮންމެ ފަރާތެއްގެވެސް ކެންޑިޑެންސީ ބަލައިގަތުމަށްފަހު އެކަމަށް އަލުން އުނި އިތުރު ގެނައުމާއި، ފޯމު ރިޖެކްޓް ނުކުރާނެ ކަމަށް ވެސް ބުނެފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk