logo

މޮރިޝަސް އަށްވުރެ ޗާގޯސް ހައްގުކަން ބޮޑީ ރާއްޖެ އަށް- ރައީސް

profile

ރިޟްވާން މޫސާ - 21 ޖެނުއަރީ 2026 - 07:31

އިނގިރޭސި ވިލާތުން ޗާގޯސް މޮރިޝަސް އާޢި ހަވާލުކުރި ނަމަވެސް ޗާގޯސް ލިބުމަށް އެންމެ ހައްގުކަން ބޮޑީ ދިވެހިރާއްޖެއަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ޗާގޯސް އަނބުރާ ރާއްޖެއަށް ހޯދައި ދިނުމަށް މަސައްކަތް ކޮށްދިނުމަކީ ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ވައުދުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.

ޗާގޯސް މައްސަލައިގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން 2019 ވަނަ އަހަރުވަނީ ޗާގޯސް މޮރިޝަސްއާއި ހަވާލުކުރުމަށް ނިންމަވާފައެވެ. މިއަށްފަހު ކުރެވުނު ގިނަ މަޝްވަރާތަކަށްފަހު އިނގިރޭސިވިލާތުންވަނީ ޗާގޯސް މޮރިޝަސްއަށް ދޫކޮށްލާފައެވެ.

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުއިއްޒު ވަނީ މީގެ ކުރިންވެސް އެތަކެއް ފޯރަމްތަކުގައި ޗާގޯސް ލިބުމަށް އެންމެ ހައްގުކަން ބޮޑީ ރާއްޖެކަމަށް ވިދާޅުވެފަ އެވެ.

އިނގިރޭސިވިލާތުގެ ނޫހެއްކަމަށްވާ "އެކްސްޕްރެސް"އަށް ދެއްވި އިންޓަރވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޗާގޯސް ރާއްޖެއަށް ލިބުން އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ޙައްގުކަން ބޮޑުކަމަށެވެ.

މޮރިޝަސްއަށްވުރެ ރާއްޖެއާއި ޗާގޯސް އޮންނަ ސަރަޙައްދު ޖިއޮގްރަފިކަލީ ގާތްވުމާއި، ރާއްޖެއާއި މޮރިޝަސްއާއި ދެމެދު ތާރީޚީ ވަރުގަދަ ގުޅުމެއް އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ޗާގޯސް ރާއްޖެއަށް ޤާނޫނީގޮތުން ލިބުން މާއައުލާކަން ބޮޑުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއާއި ޗާގޯސްއާއި ދެމެދު 310 މޭލު ހުންނައިރު އިނގިރޭސިން މިހާރު ޗާގޯސް ހަވާލުކޮށްފައިވާ މޮރިޝަސްއާއި ޗާގޯސްއާއި ދެމެދު 1300 މޭލު ހުރެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay