logo

ގާޒާގެ ދެކުނު ސަރަހައްދުން މުސްލިމުން ފޭބުމަށް ޔަހޫދީން އަންގަނީ

profile

ރިޟްވާން މޫސާ - 22 ޖެނުއަރީ 2026 - 10:52

ފަލަސްޠީންގެ ޣައްޒާގެ ދެކުނު ސަރަޙައްދުގައި ދިރިއުޅޭ ފަލަސްޠީންގެ ރައްޔިތުން ގެދޮރު ދޫކޮށް ދިޔުމަށް، ޔަހޫދީންގެ ނިރުބަވެރި ފައުޖުން އަނެއްކާވެސް އަންގަން ފަށައިފިއެވެ.

https://wamco.com.mv/

މިއީ ޔަހޫދީ އިސްރާއީލާއި، ފަލަސްތީނުގެ ވެރިކަން ކުރާ ހަމާސް ޖަމާއަތާއި ދެމެދު ވެވިފައިވާ ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ވެވުނު އެއްބަސްވުމުގެ ފަހުން ފަލަސްތީނުން މީހުން ބޭރުކުރަން އިސްރާއީލުން އެންގި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން އެތަކެއް ފަހަރުގެ މަތިން ޔަހޫދީން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެކި ގޮތްގޮތުން ދުއްތުރާކޮށް ގާޒާއިން މުސްލިމުން ބޭރުކުރުމުގެ މަސައްކަތްވެސް ކޮށްފަ އެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތާއި، ޔަހޫދީ އިސްރާއިލާއި ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ވެވުނު ދެވަނަ ފަހަރަށް އެއްބަސްވެފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުގަ އެވެ.

މިފަދަ ދެވަނަ އެއްބަސް ވުމެއް އެކުލަވާލާފައިވާއިރުވެސް އިސްރާއީލުން މި އެެއްބަސްވުމަށް އަމަލުނުކުރާކަން ބައިނަލް އަގުވާމީ މީޑިޔާ ރިޕޯޓުތަކުން ވަރަށް ރަނގަޅަށް އެނގިގެން ދެއެވެ. އެ ގޮތުން އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން މިހާތަނަށް ފަލަަސްޠީނުގެ 400އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުވެފައެވެ. ޔަހޫދީން ވަނީ ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ހުންނަ އިމާރާތްތައް ސުންނާފަތިކޮށް، ޣައްޒާގެ ރައްޔިތުން ގެދޮރުން ބޭރުކޮށްފައެވެ.

ޙަމާސުން ބުނީ، ޣައްޒާގެ ދެކުނުގެ ސަރަޙައްދުތަކަށް އަތްގަދަކުރަން ޔަހޫދީން ކުރާ މަސައްކަތް ފުޅާކުރަމުންދާ ކަމަށާއި، އެ ސަރަޙައްދުގައި ދިރިއުޅޭ ފަލަސްޠީންގެ ރައްޔިތުން ގެދޮރު ދޫކޮށް ދިޔުމަށް އަންގަމުންދާ ކަމަށެވެ.

މިގޮތުން، ޣައްޒާގެ ދެކުނުގައި ހުންނަ ވަގުތީ ހިޔާތައް ހުސްކުރަން އަންގާ، ލީފްލެޓުތަކެއް އަޅާފައިވާކަމަށް އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ބުންޏެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay