
އެމްޕީއެލްގެ މުވައްޒަފަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

މުޙައްމަދު ފަޟްލޫން - 22 ޖެނުއަރީ 2026 - 09:12
މާލެ ވިޔަފާރި ބަނދަރު ސަރަހައްދުގައި ޑިޔުޓީގައި ހުރި އެމްޕީއެލްގެ މުވައްޒަފަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
މިކަމާއި ގުޅިގެން އާއްމުކުރި ނޫސްބަޔާނެއްގައި އެމްޕީއެލް އިން ބުނީ މާލެ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި މިއަދު ހެނދުނު ޑިއުޓީގައި މަސައްކަތްކުރަމުންދިޔަ އެ ކުންފުނީގެ މުވައްޒަފެއް ކަމަށްވާ އަމީން ޢަބްދުލްޚަމީދަށް ފިޓު ޖެހި، އިތުރު ފަރުވާއަށް އައި.ޖީ.އެމް.އެޗް އަށް ގެންދިޔަ ފަހުން ވަނީ ނިޔާވެފައިވާކަމަށެވެ.
ޓަގް ބޯޓުގެ ޑެކް މަތީ ހުއްޓައި ފިޓު ޖެހިގެން އަމީން ވެއްޓުނީ މާލޭ ވިޔަފާރި ބަނދަރުގެ ހުޅަނގު ފަރާތު މޫދަށެވެ.
މި ހާދިސާ ރިޕޯޓް ލިބުމާއެކު، އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ އެމެރަޖެންސީ ރެސްޕޮންސް ޓީމުން ވަނީ ވަގުތުން އެ ސަރަހައްދަށް އެޓެންޑްވެ، އެމްބިއުލަންސްގައި އަމީން އައި.ޖީ.އެމް.އެޗް އަށް ގެންގޮސްފައިވާ ކަމަށާއި އަމީން ނިޔާވީ އައި.ޖީ.އެމް.އެޗްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
އަމީން (30އ) މަސައްކަތްކުރަމުންދިޔައީ އެމް.ޕީ.އެލްގެ ފްލީޓް ސަަރިވަސް ޑިޕާޓްމަންޓްގެ މެރިން ކްރާފްޓް ސެކްޝަންގެ ސީނިއަރ ޑެކް ހޭންޑެއްގެ މަޤާމުގައެވެ.
އެމްޕީއެލްގެ ވަޒީފާއާ އަމީން ގުޅުނީ 2020 ވަނަ އަހަރެވެ.
އަމީންގެ ޢާއިލާއަށް އެމްޕީއެލް އިން ވަނީ އެކުންފުނީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ތައުޒިޔާ ދަންނަވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އެމެރިކާއިން ގަދަބާރުން ގްރީންލޭންޑް ހޯދަން އުޅޭކަން ފަޅާއަރައިފި
5 މިނިޓު ކުރިން

ކަރާޗީގައި ހިނގި އަލިފާނުގެ ހާދިސާ- މަރުވި މީހުންގެ އަދަދު 50 އަށް އަރައިފި
5 މިނިޓު ކުރިން
.webp&w=3840&q=75)
ގާޒާގެ ދެކުނު ސަރަހައްދުން މުސްލިމުން ފޭބުމަށް ޔަހޫދީން އަންގަނީ
ގަޑިއިރެއް ކުރިން

ނިޔާވި އެމްޕީއެލްގެ މުވައްޒަފުގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
3 ގަޑިއިރު ކުރިން


