logo

ނިޔާވި އެމްޕީއެލްގެ މުވައްޒަފުގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 22 ޖެނުއަރީ 2026 - 09:10

މިއަދު ހެނދުނު ކުއްލި ގޮތަށް ނިޔާވި އެމްޕީއެލްގެ މުވައްޒަފުގެ އާއިލާއަށް ރައީސް ޑރ މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސް ވަނީ އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި އެމްޕޢެލްގެ ޒުވާން މުވައްޒަފަކު ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވި ހިތާމަވެރި ހާދިސާ އާއި ގުޅިގެން މަރުހޫމްގެ އާއިލާ އަށާއި އެމްޕީއެލްގެ މުވައްޒަފުންނަށް ތައުޒިޔާ ދަންނަވާފައެވެ.

މަރްހޫމް އަމީން އަބްދުލް ހަމީދަަށް ސުވަރުގެގެ ދާއިމީ ނިއުމަތް ދެއްވުން އެދި ރައީސް ވަނީ ދުއާ ކުރައްވާފައެވެ.

އެމްޕީއެލްގެ މުވައްޒަފަކު ކުއްލި ގޮތަކަށް ނިޔާވުމާއި ގުޅިގެން އެކުންފުނިން އާއްމުކުރި ނޫސްބަޔާނެއްގައި ބުނީ މާލެ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި މިއަދު ހެނދުނު ޑިއުޓީގައި މަސައްކަތްކުރަމުންދިޔަ އެ ކުންފުނީގެ މުވައްޒަފެއް ކަމަށްވާ އަމީން ޢަބްދުލްޚަމީދަށް ފިޓު ޖެހި، އިތުރު ފަރުވާއަށް އައި.ޖީ.އެމް.އެޗް އަށް ގެންދިޔަ ފަހުން ވަނީ ނިޔާވެފައިވާ ކަމަށެވެ.

ޓަގް ބޯޓުގެ ޑެކް މަތީ ހުއްޓައި ފިޓު ޖެހިގެން އަމީން ވެއްޓުނީ މާލޭ ވިޔަފާރި ބަނދަރުގެ ހުޅަނގު ފަރާތު މޫދަށެވެ.

މި ހާދިސާ ރިޕޯޓް ލިބުމާއެކު، އެމްޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ އެމެރަޖެންސީ ރެސްޕޮންސް ޓީމުން ވަނީ ވަގުތުން އެ ސަރަހައްދަށް އެޓެންޑްވެ، އެމްބިއުލަންސްގައި އަމީން އައި.ޖީ.އެމް.އެޗް އަށް ގެންގޮސްފައިވާ ކަމަށާއި އަމީން ނިޔާވީ އައި.ޖީ.އެމް.އެޗްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

އަމީން މަސައްކަތްކުރަމުންދިޔައީ އެމް.ޕީ.އެލްގެ ފްލީޓް ސަަރިވަސް ޑިޕާޓްމަންޓްގެ މެރިން ކްރާފްޓް ސެކްޝަންގެ ސީނިއަރ ޑެކް ހޭންޑެއްގެ މަޤާމުގައެވެ.

އެމްޕީއެލްގެ ވަޒީފާއާ އަމީން ގުޅުނީ 2020 ވަނަ އަހަރެވެ.

އަމީންގެ ޢާއިލާއަށް އެމްޕީއެލް އިން ވަނީ އެކުންފުނީގެ ހުރިހާ މުވައްޒަފުންގެ ނަމުގައި ތައުޒިޔާ ދަންނަވާފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay