logo

ތައުލީމީ ދާއިރާއަށް ގިނަ ދުވަހު ހިދުމަތްކުރެއްވި އައިންތު މިސް ނިޔާވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 22 ޖެނުއަރީ 2026 - 10:52

ތައުލީމީ ދާއިރާއަށް ދިގު މުއްދަތެއްވަންދެން ހިދުމަތް ކުރައްވާފައިވާ އައިމިނަތު ހަސަން (އައިންތު މިސް) ނިޔާވެއްޖެއެވެ.

https://wamco.com.mv/

އައިންތު މިސް ނިޔާވީ މިއަދު ހެނދުނު އައިޖީއެމްއެޗް ހޮސްޕިޓަލްގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

އައިންތު މިސް ނިޔާވުމާއި ގުޅިގެން ރައީސް ޑރ މުހައްމަދު މުއިއްޒު އާއިލާ އަށް ތައުޒިޔާ ވިދާޅުވެފައެވެ.

ދިވެހިބަސް އުގަންނައި ދެއްވުމާއި ބަސް ކުރިއެރުވުގައި ދިގު މުއްދަތަކު ހިދުމަތްކޮށްދެއްވި އާމިނަތު ހަސަން (އައިންުތު މިސް ) އަވަހާރަވުމުގެ ހިތާމާގައި އާއިލަަށް އަދި ތައުލީމާއި ބަހާއި އަދަބިއްޔާތުގެ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް ރައީސް ވަނީ ތައުޒިޔާ ދަންނަވާފައެވެ.

މަރްހޫމާ އައިމިނަތު ހަސަން އަށް މާތް ﷲގެ ތަނަވަސް ރަހުމަތް މިންވަރު ކުރައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ރައީސް ވަނީ ދުއާ ކުރައްވާފައެވެ.

އައިންތު މިސް ވަނީ ދިވެހި ބަސް އުގަންނައި ދިނުމުގައި 38 އަހަރު ހޭދަކުރައްވާފައެވެ. އައިންތު މިސް ވަނީ އެސެޓް ރިކަވަރީ ކޮމިޝަންގެ މެމްބަރު ކަމާއި މީޑިއާ ކައުންސިލްގެ މެމްބަރުކަން ކުރައްވާފައެވެ،

މީގެ އިތުރުން އައިންތު މިސް ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އިންތިހާބުގައި ވާދަކުރައްވާފައެވެ.

ނިޔާވި އިރު އައިންތު މިސްގެ އުމުރަކީ 58 އަހަރެވެ،

ނިޔާވުމާއި ހަމައަށް އައިންތު މިސް ވަނީ އަމީނިއްޔާ ސްކޫލަށް 23 އަހަރު ދުވަހު ހިދުމަތް ކުރައްވާފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay