logo

'ފުޑް އެންޑް ބެވަރޭޖް ޝޯ' ފަށައިފި

profile

ޝަހްޒާ މުޙައްމަދު - 22 ޖެނުއަރީ 2026 - 13:35

ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ "ފުޑް އެންޑް ބެވަރޭޖް ޝޯ 2026" ގެ 9 ވަނަ އެޑިޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމްއާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައިދަރު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

https://wamco.com.mv/

މި މަހުގެ 21 އިން 24 އަށް ކުރިއަށްދާ މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ދެ މިނިސްޓަރުން ވަނީ މައުރަޒުގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި، މިއަހަރުގެ މައުރަޒުގައި ބައިވެރިވި ފަރާތްތަކުން ދައްކާލާފައިވާ ކާބޯތަކެތީގެ އައު އަދި އީޖާދީ އުފެއްދުންތައް ބައްލަވާލައްވައި، އެ ތަކެތީގެ މަޢުލޫމާތު އޮޅުންފިލުއްވިއެވެ.

ހައިރައިޒްގެ ފަރާތުން އިންތިޒާމުކުރާ މި ހަރަކާތަކީ، ކާބޯތަކެތީގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާއި ވިޔަފާރިވެރިން އެއްތަނަކުން ބައްދަލުވެ، އެ ދާއިރާގެ އުފެއްދުންތެރިކަމާއި ފެންވަރު ދައްކާލުމަށް މަގުފަހިކޮށްދޭ މުހިންމު މަންސައެއްކަމަށް އެކުންފުނިން ބުނެފައިވެއެވެ.

މި ސިނާއަތް އިތުރަށް ކުރިއަރުވައި، ވިޔަފާރިތަކަށް އައު ފުރުޞަތުތައް ހޯދައިދިނުމަށް ބާރުއަޅާ މިފަދަ ކާމިޔާބު ހަރަކާތެއް އިންތިޒާމުކުރި ކަމަށްޓަކައި، ފިޝަރީޒް މިނިސްޓްރީއާއި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ހައިރައިޒް އަށް މަރުޙަބާ ކިޔާފައެވެ. މި މައުރަޒަކީ ރާއްޖޭގެ ކާބޯތަކެތީގެ ބާޒާރުގައި ހުރި ފުރުޞަތުތަކާއި، ދިވެހި އުފެއްދުންތައް އިޝްތިހާރުކުރުމަށް ލިބޭ ބޮޑު އެހީތެރިކަމެއްގެ ގޮތުގައި އެ މިނިސްޓްރީތަކުން ފާހަގަކުރެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay