
މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން
މޯލްޑިވްސް ގޭސްގެ އެމްޑީގެ މައްޗަށް ރިޝްވަތު ދައުވާ ސާބިތެއްނުވި

ރިޟްވާން މޫސާ - 22 ޖެނުއަރީ 2026 - 13:35
ކޮރަޕްޝަންގެ ކުށުގައި މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން(މާން)ގެ މައްޗަށް ކުރި ރިޝްވަތުގެ ފަސް ދައުވާއެއް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އަބްދުﷲ މައުމޫން އަކީ ކޮރޮޕްޝަންގެ ކުށުގައި 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ފަރާތެކެވެ.
މައުމޫނުގެ މައްޗަށް ދައުވާ އުފުލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ އެމްޑީއަކަށް ހުރިއިރު ރިޝްވަތުގެ ގޮތުގައި މައުމޫނާއި އޭނާއާ ގުޅުން ހުރި އެކައުންޓުތަކަށް ޖުމްލަ 298،403.5 ޑޮލަރު (4.6 މިލިއަން ރުފިޔާ) ޖަމާކޮށްފައިވާ މައްސަލާގައެވެ.
ކޮރޮޕްޝަންގެ މި މައްސަލަ އާއި ގުޅިގެން އޭނަގެ މައްޗަށް 5 ދައުވާއެއް ވަނީ އުފުލާފަ އެވެ. އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެފައިވާއިތު އަނެއް ތިން ދައުވާ ސާބިތު ނުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް ދައުލަތުން ވަނީ މި ސާބިތުނުވާ ދައުވާތައް އަލުން އިސްތިއުނާފު ކުރަން ހުށައަޅާނެ ކަމަށްވެސް ބުނެފަ އެވެ. '
ދެ ދައުވާއެއް ސާބިތުވެ، 12 އަހަރާއި 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ.
ގުޅުން ހުރި ޙަބަރުތައް

'ފުޑް އެންޑް ބެވަރޭޖް ޝޯ' ފަށައިފި
2 ގަޑިއިރު ކުރިން

ބަނގުރާ ވިއްކައިގެން 4 ބިދޭސީއަކު ޑީޕޯޓްކޮށްލަނީ
2 ގަޑިއިރު ކުރިން

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކުގެ މާސްޓަރ ޕްލޭންއަށް އާންމުންގެ ހިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި
2 ގަޑިއިރު ކުރިން

"ޓޭކިންގ ދަ ލީޑް - ވިމެން އިން ޕޮލިޓިކްސް" ޕްރޮގްރާމް އައްޑޫ ސިޓީގައި ފަށައިފި
2 ގަޑިއިރު ކުރިން


