logo

"ޓޭކިންގ ދަ ލީޑް - ވިމެން އިން ޕޮލިޓިކްސް" ޕްރޮގްރާމް އައްޑޫ ސިޓީގައި ފަށައިފި

profile

ޝަހްޒާ މުޙައްމަދު - 22 ޖެނުއަރީ 2026 - 13:34

އަންހެނުން ލީޑަޝިޕް ދާއިރާގައި އިތުރަށް ބާރުވެރިކުރުމުގެ މަޤުސަދުގައި ކުރިއަށްގެންދާ "ޓޭކިންގ ދަ ލީޑް - ވިމެން އިން ޕޮލިޓިކްސް" ޕްރޮގްރާމް، އައްޑޫ ސިޓީ ހިތަދޫގައި ފަށައިފިއެވެ.

https://wamco.com.mv/

މި މަހުގެ 22 އިން 25 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ ފުރަތަމަ ދުވަހުގެ ސެޝަންތައް ވަނީ މިއަދު ބާއްވާފައެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމަކީ، ސިޔާސީ މައިދާނުގައްޔާއި ނިންމުންތައް ނިންމާ ފަންތީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި، ހުނަރާއި، އަދި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަކުރުމުގެ މަޤްޞަދުގައި ފަރުމާކޮށްފައިވާ ޚާއްސަ ތަމްރީނު ޕްރޮގްރާމެއްކަމަށް އިޖުތިމާއި އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބުންޏެވެ.

މި ތަމްރީނުގެ ސަބަބުން ސިޔާސީ ދާއިރާއަށް ޝައުގުވެރިވާ އަންހެނުންނަށް ބޭނުންވާ މުހިންމު މައުލޫމާތުތަކާއި ހުނަރުތައް ލިބިގެންދާނެ ވެ. އަދި މިފަދަ ތަމްރީނުތަކަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay