logo

ބަނގުރާ ވިއްކައިގެން 4 ބިދޭސީއަކު ޑީޕޯޓްކޮށްލަނީ

profile

ރިޟްވާން މޫސާ - 22 ޖެނުއަރީ 2026 - 13:34

ބަނގުރަލުގެ ވިޔަފާރިކޮށްގެން 4 ބިދޭސީ އަކު ޑީޕޯޓްކުރަން ފޮނުވާފައިވާ ކަމަށް ފުލުހުން ހުނެފި އެވެ.

https://wamco.com.mv/

ފުލުހުން ބުނީ މާލޭގައި ބަނގުރަލުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު ބިދޭސީއަކު ޑީޕޯޓުކުރަން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމުގައި އެވެ.

ބަނގުރަލުގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި 4 ބިދޭސީއަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

މާފަންނުގައި ހުންނަ ގެއެއް ބަލައި ފާސްކޮށް އެ ހަތަރު މީހުން އަތުން 54 ފުޅި ބަނގުރާ ފުލުހުން އަތުލައިގެންފައިވެ އެވެ.

އެ މީހުންނަކީ 21 އަހަރުގެ ސިޕޮން އަލީ، 32 އަހަރުގެ ޖުވެލް ރަނާ، 20 އަހަރުގެ އެމްޑީ ނަޒްރުލް އިސްލާމް އަދި 22 އަހަރުގެ އެމްޑީ އިބްރާހީމް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ބިދޭސީ މީހުންގެ އަތުން ސައިކަލެއްވެސް ފުލުހުން ވަނީ ޓޯކޮށްފަ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay