.webp&w=3840&q=75)
ގާޒާ މައްސަލަ- ސުލްހައިގެ ބޯޑަށް ބޮޑެތި ފާޑުކިއުންތައް

ރިޟްވާން މޫސާ - 22 ޖެނުއަރީ 2026 - 11:55
ގާޒާގެ މަައްސަލައަށް ސުލަހް ހޯދަން ކަމަށް ބުނެ އެމެރިކާ އިސްވެ އޮވެ ހަދާފައިވާ ސުލްހައިގެ ބޯޑަށް ގިނަ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިސްރާއީލުގެ ޔަހޫދީން ގާޒާ އަށް ހަމަލާދޭން މި ފަހުން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެންނެވެ.
ޣައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތައް ނިމުމަކަށް ގެނައުމަށް، އެމެރިކާ އިސްވެއޮވެ އެކުލަވާލާފައިވާ ޞުލްޙައިގެ އެއްބަސްވުމުގެ ދަށުން އުފައްދާފައިވާ މަދަނީ-އަސްކަރީ ކޯޑިނޭޝަން ސެންޓަރު، ސީއެމްސީސީގައި ބައިވެރިވުމާމެދު ބައެއް ޤައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ސީއެމްސީސީގެ މައިގަނޑު މަސައްކަތަކީ ޞުލްޙައިގެ އެއްބަސްވުމާ ގުޅޭ ކަންތައްތައް ގާތުން ބަލައި، ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް އެހީތެރިވުމާއި ހަނގުރާމައަށް ފަހު ޢަމަލުކުރާ ސިޔާސަތުތައް އެކުލަވައިލުމަށް އެހީތެރިވުމެވެ
ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތް ހިމެނޭ ގޮތަށް ގިނަ ޤައުމުތަކަކުން ސީއެމްސީސީގައި މަސައްކަތް ކުރުމަށް އަސްކަރީ ރޭވުންތެރިންނާއި ޖާސޫސީ މުވައްޒަފުން ހިމެނޭހެން މުވައްޒަފުން ފޮނުވާފައިވެއެވެ. ނަމަވެސް ޑިސެމްބަރު މަހުގެ ތެރޭގައި އައި ޗުއްޓީއަށް ފަހު، ސީއެމްސީސީގައި މަސައްކަތް ކުރުމަށް ބައެއް ޤައުމުތަކުން ފޮނުވާފައިވާ މުވައްޒަފުން އަނބުރާ މަސައްކަތަށް އައިސްފައެއް ނުވެއެވެ.
ގާޒާގެ މައްސަލަ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް އެމެރިކާ އިސްވެ ހަދާފައިވާ ސީއެމްސީ އުފައްދާފައިވަނީ މިދޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
މި ބޯޑުގެ ރިޔާސަތު ބަލަހައްޓަވާނީ އެމެރިކާގެ ރައީސް ޑޮނަލް ޓްރަމޕް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

'ފުޑް އެންޑް ބެވަރޭޖް ޝޯ' ފަށައިފި
2 ގަޑިއިރު ކުރިން

މޯލްޑިވްސް ގޭސްގެ އެމްޑީގެ މައްޗަށް ރިޝްވަތު ދައުވާ ސާބިތެއްނުވި
2 ގަޑިއިރު ކުރިން

ބަނގުރާ ވިއްކައިގެން 4 ބިދޭސީއަކު ޑީޕޯޓްކޮށްލަނީ
2 ގަޑިއިރު ކުރިން

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކުގެ މާސްޓަރ ޕްލޭންއަށް އާންމުންގެ ހިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި
2 ގަޑިއިރު ކުރިން


