logo

651 ފަރާތްތަކަށް މިމަހު ތެލެސީމިއާ އެލަވަންސް ލިބޭނެ

profile

ޝަހްޒާ މުޙައްމަދު - 22 ޖެނުއަރީ 2026 - 11:37

ތެލަސީމިއާ ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް މިމަހު ލިބެން ފަށާނެ ކަމަށާއި، އެލެވެންސް ލިބޭނީ ތެލަސީމިއާ ސެންޓަރުގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށްކަމަށް ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޮޕަތީސް ސެންޓަރުން ބުނެފިއެވެ.

https://wamco.com.mv/

ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޮޕަތީސް ސެންޓަރުން ބުނެފައި ވަނީ ތެލަސީމިއާ އެލަވަންސް ލިބެނީ މޯލްޑިވިއަން ބްލަޑް ސާވިސަސް ތެލަސީމިއާ ސެންޓަރުގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށްކަމަށެވެ. ތެލަސީމިއާ ސެންޓަރުގައި މިހާރު ދަފްތަރުވެފައިވާ 651 ފަރާތެއް އެބަތިއްބެއެވެ.

އެފަރާތްތަކަށް އެލަވަންސް ލިބޭނީ ވަންގަވް މެދުވެރިކޮށް އީފާސް ބޭނުންކޮށްގެން އެލަވަންސަށް އެދި ހުށަހެޅުމުންނެވެ.

މި މަހުގެ އެލަވަންސަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މިރޭ 12:00 އެވެ. ނަމަވެސް އަންނަ މަހުން ފެށިގެން ކޮންމެ މަހެއްގެ 15 ގެ ނިޔަލަށް ހުށަހެޅޭނެއެވެ. މިމަހުގެ ޖެރިސްތްރޭޝަން މުއްދަތު 22 އާ ހަމައަށް އިތުރުކޮށްފައިވަނީ، އެލަވެންސެދޭ ފުރަތަމަ މަސް ކަމަށް ވުމުންކަމަށް ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޮޕަތީސް ސެންޓަރުން ބުންޏެވެ.

18 އަހަރުން ދަށުގެ ކުދިންނަށް އެލަވަންސް ހޯދުމަށް ހުށަހަޅާއިރު، މައިންބަފައިންނާއި ބެލެނިވެރިންގެ މަޢުލޫމާތު ފުރިހަމަކުރުމަށް ސަމާލުކަން ދިނުމަށް އެ ސެންޓަޓުން އިރުޝަރުދެއެވެ.

ތެލަސީމިއާ އެލަވަންސް ދިނުމާ ގުޅޭ ކަންކަން ބަޔާންކުރާ ގަވާއިދުގައިވާގޮތުން ދަފްތަރުވެފައިވާ ހުރިހާ ފަރާތަކަށް އެލަވަންސް ހަމަޖެހުމުގެ ފުރުސަތު އޮތް ނަމަވެސް، ފަރުވާ ލިބުމަށްފަހު ތެލަސީމިއާއަށް ފަރުވާކުރަން ނުޖެހޭނަމަ، އެފަރާތްތަކަށް އެލަވަންސެއް ނުލިބޭނެއެވެ. އެހެންނަމަވެސް، ފަރުވާއަށްފަހުވެސް، ތެލަސީމިއާ ބައްޔަށް ފަރުވާކުރަންޖެހޭ ޙާލަތަކަށް ރުޖޫޢަވެއްޖެނަމަ އެފަރާތަކުން އެލަވަންސަށް އެދި އަލުން ހުށަހަޅާން ޖެހޭނެއެވެ.

ދިވެހިރާއްޖޭގައި ތެލަސީމިއާ ބަލި ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް އެލަވަންސެއް ދޭންފަށަން ނިންމާފައިވަނީ ތެލަސީމިއާ ހުންނަ ފަރާތްތަކަށް ލިބޭ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށާއި، މުޖުތަމަޢުގެ އެހެން މީހުންނެކޭ އެއްފަދައިން ޢާންމު ދިރިއުޅުމެއް އުޅުމުގެ ފަހި މާޙައުލެއް ކަށަވަރު ކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންދާ މަސައްކަތުގެ ދަށުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay