logo
ކަރާޗީގައި ހިނގި އަލިފާނުގެ ހާދިސާ: ޝޮޕިން މޯލެއްގައި ރޯވެ އަދަނީ

ކަރާޗީގައި ހިނގި އަލިފާނުގެ ހާދިސާ: ޝޮޕިން މޯލެއްގައި ރޯވެ އަދަނީ

ކަރާޗީގައި ހިނގި އަލިފާނުގެ ހާދިސާ- މަރުވި މީހުންގެ އަދަދު 50 އަށް އަރައިފި

profile

ރިޟްވާން މޫސާ - 22 ޖެނުއަރީ 2026 - 11:37

ޕާކިސްތާނުގެ ކަރާޗީގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާތަނަށް 50 އަށް އަރާފައިވާ ކަމަށް ބައިނަލް އަގުވާމީ މީޑިޔާ ރިޕޯރޓްތައް ބުނެފި އެވެ.

https://wamco.com.mv/

ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ކަރާޗީގައި ހުންނަ ޝޮޕިން މޯލެއްގައި މިމަހުގެ 17 ވަނަ ދުވަހު ހިނގި މި އަލިފާނުގެ ހާދިސާގައި 23 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓް ކުރެވިފަ އެވެ.

މި އަލިފާންގަނޑު ނިއްވައިލުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވައިލެވުނީ ޖަނަވަރީ މަހުގެ 20ވަނަ ދުވަހުއެވެ. އޭރު މުޅި އިމާރާތް ވަނީ އަނދާ އަޅިއަށްވެފައެވެ.

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން މިހާދިސާގައި ވީނުވީއެއް ނޭނގި ގެއްލިގެން 84 މީހަކު ހޯދުމަށް ރިޕޯޓްކޮށްފައި ވެ އެވެ. އެހެން ކަމަުން މަރުވި މީހުންގެ އަދަދު ކުރިއަށް އޮތް ތަނުގައިވެސް އިތުރުވެދާނެ ކަމަށް ބެލެވެ އެވެ.

1،200އަށްވުރެ ގިނަ ފިހާރަ ހުންނަ ގުލް ޕްލާޒާ މޯލްގައި ރޯވި މި އަލިފާނުގެ ހާދިޘާ ހިނގުމަށް މެދުވެރިވީ ކަރަންޓުގެ މައްސަލައެއް ދިމާވެގެން ކަމަށް ބެލެވެއެވެ. ކަމާ ގުޅޭ އިދާރާތަކުން އަދިވެސް ދަނީ އަލިފާން ރޯވި ސަބަބު ތަހުޤީޤުކުރަމުންނެވެ.

ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝާހްބާޒް ޝަރީފަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވާފަ އެވެ. '

ތަޢުޒިޔާގެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކުގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވެ، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ޕާކިސްތާނުގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި ރައްޔިތުންނަށް ތަޢުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފާޅުކުރައްވާފައެވެ.

އަދި ހިތާމައިގެ މި ދަނޑިވަޅުގައި، ހާދިސާގައި ޒަޚަމްވެފައިވާ މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ހާދިސާއިން ލިބުނު ގެއްލުމުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay