logo
ދިއްދޫގައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ- 41 ހެކްޓަރުގެ ބިން ހިއްކައިފި

ދިއްދޫގައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ- 41 ހެކްޓަރުގެ ބިން ހިއްކައިފި

ދިއްދޫ ބިން ހިއްކު ކުރިއަށް- 41 ހެކްޓަރު ހިއްކައިފި

profile

ރިޟްވާން މޫސާ - 22 ޖެނުއަރީ 2026 - 11:57

ހއ.ދިއްދޫ ބިން ހިއްކުން ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް އެއާޕޯރޓްސް ކޮމްޕެނީ ލިމިޓޭޑް އެމް އޭސީއެލް އިން ބުނެފި އެވެ.

https://wamco.com.mv/

ދިއްދޫގެ ބިން ހިއްކައި އެއާޕޯރޓް ތަރައްގީކުރުމުގެ މަސްރޫއަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެެއިން އެންމެ މުހިންމު އެއް ވައުދުފުޅެވެ.

ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިމަހުގެ 5ވަނަ ދުވަހުއެވެ. މުޅި މަޝްރޫޢުގައި ޖުމުލަ 115 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.

އެމްއޭސީއެލްއިން ވިދާޅުވީ މިމަޝްރޫޢުގެ ދަށުން މިހާތަނަށް 41 ހެކްޓަރުގެ ބިން ހިއްކާފައިވާކަމަށެވެ. އެއީ މަޝްރޫޢުގެ %36.61 މަސައްކަތެވެ.

ދިއްދޫ ބިން ހިއްކުމަށް ބޭނުން ކުރާ ޑްރެޖަރަކީ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ބޮޑު ޑްރެޖަރެއް ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ. ޓްރެއިން ސަކްޝަން ހޮޕަރ، ލެއިވް އެރިކްޝަން ނަމަކަށް ކިޔާ މި ޑްރެޖަރަކީ، 46000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ.

ހއ. އަތޮޅުގެ ވެރިކަން ކުރާ ރަށް ދިއްދޫގެ އާބާދީ އަކީ ގާތްގަނޑަކަށް 5000 މީހުންގެ އާބާދީ އެކެވެ. ނަމަވެސް، ރަށުގައި ތަޢުލީމާ ޞިއްޙީ ފަރުވާފަދަ ބޭނުންތަކަށް އެރަށަށް ހިޖުރަކޮށް ދިރިއުޅޭ މީހުންނާއެކު ރަށުގައި ދިރިއުޅޭ އާބާދީ 7000އަށް އަރައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay