
ގްރީން ލޭންޑް
އެމެރިކާއިން ގަދަބާރުން ގްރީންލޭންޑް ހޯދަން އުޅޭކަން ފަޅާއަރައިފި

ރިޟްވާން މޫސާ - 22 ޖެނުއަރީ 2026 - 11:37
ޑެންމާކުގެ ބައެއްގެ ގޮތުގައި އޮތް ގްރީންލޭންޑް ހޯދަން އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް އަސްކަރީ ބާރުގެ ބޭނުން ކުރަން ކުރިން ނިންމެވި ކަމަށް ޓްރަމްޕްގެ އަރިސް ބޭފުޅަކާ ހަވާލާދީ ރޮއިޓާރސް އިން ބުނެފި އެވެ.
އެމެރިކާގެ ވައިޓް ހައުސްގެ ދެ އޮފިޝަލަކާ ޙަވާލާދީ، ރޮއިޓަރސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގްރީންލޭންޑް ހޯދުމަށް އެމެރިކާގެ ސަރުކާރުގެ ތެރޭގައި ކުރެވުނު މަޝްވަރާތަކުގައި، ޓްރަމްޕްގެ އެންމެ އަރިސް ބޭފުޅުން ވަނީ، އެކަން ޙާޞިލްކުރުމަށް ބާރުގެ ބޭނުންކުރުމާ ދެކޮޅު ހައްދަވައިފައެވެ.
ގަދަބާރުން ގްރީންލޭންޑް ހޯދުމުގެ ވިސްނުންފުޅު ޓްރަމްޕް ދޫކޮށްލެއްވީ، އެ ބޭފުޅުން ދެކޮޅު ހެއްދެވުމުން ކަމަށް ނަން ހާމަކުރަން ނޭދޭ އޮފިޝަލުންނާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުނެފައިވެއެވެ.
ޑާވޮސްގައި ކުރިއަށްދިޔަ ވޯލްޑް އެކޮނިިކް ފޯރަމްގައި ޓްރަމް ވަނީ ގަދަބާރުން ގްރީން ލޭންޑް ހޯދަން މަސައްކަތް ނުކުރާނެ ކަމަށް ބުނެފަ އެވެ.
ގްރީންލޭންޑަކީ ޑެންމާކުގެ ސިޔާދަތުގެ ދަށުގައިވާ އެެހެން ނަމަވެސް ލާމަރުކަޒީ ގޮތުން ވަކި ވެރިކަމެއް ކުރުމުގެ ބާރު ދީފައިވާ އައުޓޮނަމަސް ސަރަހައްދެކެވެ.
ގްރީންލޭންޑުގެ އާބާދީއަކީ ގާތްގަނޑަކަށް 60،000 މީހުންނެވެ. އެ މީހުންގެ ތެރެއިން ކޮންމެ މީހަކަށް 10،000 ޑޮލަރާއި އެއް ލައްކަ ޑޮލަރާ ދެމެދުގެ އަދަދަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމާ ބެހޭ ގޮތުން ޓްރަމްޕް ވަނީ ވާހަކަފުޅުދައްކަވާފައެވެ.
ރިޝްވަތު ދިނުމަށް ފަހު އެ ތަނަށް އެމެރިކާ އެރުމުން އެއީ ގްރީންލޭންޑްގެ ރައްޔިތުން އަތުން އެމެރިކާ ގަތް ސަރަހައްދެއް ކަމަށް ނިންމުމާމެދު އެމެރިކާގެ ރައީސް ޓްރަމްޕް ގެންދަވަނީ އޭނަގެ އައުވާނުންނާއެކު މަޝްވަރާތައްވެސް ކޮށްފަ އެވެ.
ގްރީންލޭންޑް ގަންނަން އެމެރިކާއިން ކުރާ މަސައްކަތަށް ހުރަސްއެޅުން ހުއްޓުވަން، ވިލާތުގެ އިއްތިޙާދުގެ އަށް ޤައުމަކަށް ޑިއުޓީ ބޮޑުކުރަން ނިންމި ނިންމުން ވެސް އަނބުރާ ގެންނަވާފައިވާ ކަމަށް ޓްރަމްޕް ފަހުން ވަނީ މީސްމީޑިޔާ މެދުވެރިކޮށް އިޢުލާނުކުރައްވައިފައެވެ.
ޓްރަމްޕް ވިދާޅުވީ، ގްރީންލޭންޑާ ގުޅޭގޮތުން އެއްބަސްވުމެއް އެކުލަވައިލުމުގެ އޮނިގަނޑާ ގުޅޭގޮތުން، ހުޅަނގުގެ ދިފާޢީ އިއްތިޙާދު، ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓް އާއެކު ޑާވޮސްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.
ގްރީންލޭންޑު އިސްތިޢުމާރުކޮށްފިނަމަ، އެމެރިކާ އިސްވެ އޮތް ނޭޓޯ ރޫޅޭނަކަމަށް އެ އިއްތިޙާދުގެ ގިނަ މެމްބަރު ޤައުމުތަކުން ދަނީ ބުނަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އީރާނުގެ ކިބައިން ސަލާމަތްތެރިކަން ހޯދައި ހަނގުރާމަ ހުއްޓުމަށް އީޔޫ އިން ގޮވާލައިފި
11 ގަޑިއިރު ކުރިން

ކުޑަ ކުއްޖެއްގައިގަ ތަޅާ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި
11 ގަޑިއިރު ކުރިން

ލަންކާގައި ޙަރަދުކުޑަކުރަން ހަފްތާއަކު 4 ދުވަހު އޮފީސްތައް ހުޅުވާގޮތަށް ނިންމައިފި
ދުވަހެއް ކުރިން

ކަނދުފަތި އެޅުމުގެ ރެކޯޑު މި ސަރުކާރަށް!
ދުވަހެއް ކުރިން


.gif&w=3840&q=75)